މިއަހަރުގެ ފުރަތަމަ ހަ މަހު ފުލުހުންނަށް ރިޕޯޓުކުރި މައްސަލަތައް ހަތް ޕަސެންޓް އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ފުލުހުންނަށް ޖުމްލަ 6198 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތް ޕަސެންޓް އިތުރު އަދަދެއް ކަމަށް ފުލުހުންގެ ތ...

04 Jul 2026 | 05:59
N/A

N/A

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ފުލުހުންނަށް ޖުމްލަ 6198 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތް ޕަސެންޓް އިތުރު އަދަދެއް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ރިޕޯޓުކޮށްފައިވަނީ 5757 މައްސަލައެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ޖުމްލަ މައްސަލަތަކުގެ 28 ޕަސެންޓަކީ ވައްކަމުގެ މައްސަލަތައް ކަމަށްވާއިރު އެ ބާވަތުގެ 1775 މައްސަލަ ހުށަހެޅިފައިވެއެވެ. ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުތަކެވެ. އެ ބާވަތުގެ 1568 މައްސަލަ ރިޕޯޓުކޮށްފައިވާއިރު މިއީ ޖުމްލަ މައްސަލަތަކުގެ 24 ޕަސެންޓެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 1531 އެކްސިޑެންޓް ކަމަށްވާތީ މިއީ ދެ ޕަސެންޓް އިތުރުވުމެކެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅޭ 1116 މައްސަލައާއި އެއްޗެތި ގެއްލިގެން 527 މައްސަލައާއި މާރާމާރީގެ 339 މައްސަލައާއި މުދަލަށް ގެއްލުން ދިނުމުގެ 326 މައްސަލައާއި ގެވެށި އަނިޔާގެ 172 މައްސަލައާއި ޚިޔާނާތުގެ 172 މައްސަލައާއި ޖިންސީ ކުށުގެ 131 މައްސަލައާއި ފޭރުމުގެ 81 މައްސަލައާއި ފޯޖް ކުރުމުގެ 23 މައްސަލަ ވެސް ހުށަހެޅިފައިވެއެވެ.

ކުށް މަދުކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތައް ގުޅިގެން ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެ ގޮތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޢާންމުން ހޭލުންތެރިކުރުވުމަށް ހިންގާ "ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިން" މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް