ނޭޕާލްގެ ނުރައްކާތެރި ފެންބޮޑުވި ހާދިސާގައި ގެއްލުނު މީހުން ހޯދަން ކުއްތާ ބޭނުން ކުރަނީ --
ނޭޕާލުގައި ހިންގި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުނު މީހުން ހޯދަން ބޭރު ގައުމުތަކުގެ ރެސްކިއު ޓީމުތަކުން އެ ގައުމަށް އެތެރެވުމުގެ ހުއްދަ ދޭން އެންމެ ފަހުން ނިންމައިފި އެވެ.
ބުދަ ދުވަހު ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 500އަށްވުރެ މައްޗަށް ވަނީ އަރާފައި އެވެ. އަދި ވީނުވީއެއް ނޭނގި 1400 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު ހަބަރެއް ނުވާ ޓޫރިސްޓުންގެ އަދަދުވެސް 500 އަށްވުރެ މައްޗަށް އަރައެވެ.
މިހާ ބޮޑު ހާދިސާއެއް ހިނގުމުން ވަގުތުން އެހީތެރިކަން ފޯރުކޮށްދޭން ގިނަ ގައުމުތަކުން ހުށަހެޅި އެވެ. އެގޮތުން ގެއްލުނު މީހުން ހޯދަން ރެސްކިއު ޓީމުތައް ފޮނުވަން އިންޑިއާ، އެމެރިކާ އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުން ހުށަހެޅި ނަމަވެސް ނޭޕާލުން ވަނީ އެމީހުންގެ ސަލާމަތީ ބާރުތަކުގައި މީހުން ހޯދުމުގެ ގާބިލް ކަން ހުރި ކަމަށްބުނެ އެހީގެ އަތުގައި ހިފަން ދެކޮޅު ހަދާފައި އެވެ.
ނޭޕާލްގެ ނިންމުމާއި ގުޅިގެން އެ ގައުމުގެ ރައްޔިތުންގެ މެދުގައިވެސް ވަނީ ނުތަނަވަސްކަން އުފެދިފައި އެވެ.
ރެސްކިއު އޮޕަރޭޝަންތަކުގައި މާ ބޮޑު ކުރިއެރުމެއް ނުލިބި ފެންބޮޑުވި ރަސޫވާ އަދި ނުވާކޮޓް ގެ ހައިޑްރޯޕަވާ ޓަނެލްތަކުގެ ތެރޭގައި އެތައް ބަޔަކު ތާށިވެފައި ތިބި ކަމަށް ބެލެވެއެވެ. ހަމައެހެންމެ ޑީއެންއޭ ޓެސްޓިން އާއި ފޮރެންސިކް ޓެސްޓުތައް ހެދުމުގެ ޤާބިލުކަން ނޭޕާލުގައި ހުރީ ވަރަށް މަދު މިންވަރެއްގައި ކަމުން މަރުވެފައިވާ މީހުން ދެނެގަނެ ޢާއިލާތަކާ ހަވާލުކުރުމުގައި ބޭރުގެ ތަޖުރިބާކާރުން އެހީޓެރިކަން ބޭނުންވެ އެވެ.
އެ ނިންމުން ބަދަލު ކުރަން މަޖުބޫރުވީ ހާދިސާގައި ގެއްލުނު އެކި ގައުމުތަކުގެ މީހުން ސަލާމަތުން ތިބިތޯ ޔަގީން ކުރަން އެ ގައުމުތަކުގެ ސަރުކާރުން ބޭނުންވާތީ ކުރަމުންދާ ޕްރެޝަޜާއި ގުޅިގެންނެވެ. ނޭޕާލު ސަރުކާރުގެ އިސް އޮފިޝަލަކު މީޑިއާގައި ބުނީ ޤައުމުތަކުގެ ރައްޔިތުން ވެސް ގެއްލިފައިވާތީ. ވަކި ސަރަޙައްދުތަކަށް މަދު ޢަދަދެއްގެ ތަޖުރިބާކާރުންނަށް ދިއުމުގެ ހުއްދަ ދެމުންދާ ކަމަށެވެ.
ނޭޕާލްގެ މި ނިންމުމާއި އެކު އިންޑިއާއިން ވަނީ ރެސަްކިއު ޓީމުތައް ފޮނުވަން ތައްޔާޜުވާން ފަށާފައި އެވެ. އަދި އޭގެ ކުރިން ތިން ބުރަކަށް އިންސާނީ އެހީގެ ގޮތުގައި ޖަނަރޭޓަރާއި ސޯލާ ލައިޓާއި ވަގުތީ ހިޔާތަކާއި ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ފޮނުވާފައިވެ އެވެ.
މި ހާދިސާގައި ގެއލުނު ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން އެންމެ ގިނައީ އިންޑިއާ މީހުންނެވެ. އެ ގައުމުގެ 288 މީހުން ގެއްލިފައިވާއިރު އެމެރިކާގެ 65 މީޙުން އަދި ޗައިނާގެ 200 މީހުންގެ ހަބަރު ނުވާ ކަމަށްވެ އެވެ.
މީގެ އިތުރުން މެލޭޝިއާގެ 55 ޓޫރިސްޓުންނާއި ނިއުޒިލޭންޑުގެ ފަސް ޓޫރިސްޓުން ހިމެނެ އެވެ. އަދިވެސް އެތައް ގައުމެއްގެ ރައްޔިތުން މި ހާދިސާގައި ވީނުވީއެއް ނޭނގި ވަނީ ގެއްލިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް