ގޭސް ލީކުވެގެން ހާލު ދެރަވި އަންހެން މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: ފުލުހުން

ގޭސް ލީކުވެގެން ހާލު ދެރަވި އަންހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ. އިއްޔެ ހިނގި މި ހާދިސާގައި ހާލު ދެރަވެގެން ފަރުވާ ދެމުން ދަނީ 19 އަހަރުގެ އަންހެނަކަށެވެ. މި ހާދިސާގަ...

28 Aug 2026 | 10:05
ފުލުހުންގެ ވެހިކަލެއް ޕެޓްރޯލް ކުރަނީ -- ފޮޓޯ: ޕޮލިސް

ފުލުހުންގެ ވެހިކަލެއް ޕެޓްރޯލް ކުރަނީ -- ފޮޓޯ: ޕޮލިސް

ގޭސް ލީކުވެގެން ހާލު ދެރަވި އަންހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ ހިނގި މި ހާދިސާގައި ހާލު ދެރަވެގެން ފަރުވާ ދެމުން ދަނީ 19 އަހަރުގެ އަންހެނަކަށެވެ. މި ހާދިސާގައި އޭނާގެ މަންމަ ވަނީ ނިޔާވެފައި އެވެ.

ގޭސް ލީކުވާ ކަމުގެ ރިޕޯޓު އިއްޔެ ފުލުހުންނަށް ކުރީ ހެނދުނު 10:34 ހާއިރު އެވެ. ހާދިސާ ހިނގީ މައްޗަން ގޯޅި ދިލްކުޝާ ގޯޅި (ސްކޫޕް ގޯޅި) ގައި ހުންނަ މއ. އަސްޓްރަލްގެ ދެވަނަ ފަންގިފިލާގަ އެވެ.

ފުލުހުން މިއަދު ބުނީ އެގެއިން ގެންދިޔަ ދެ މައިންގެ ތެރެއިން 19 އަހަރުގެ އަންހެން މީހާއަށް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ. އަދި ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

މި ހާދިސާގައި ނިޔާވި އުމުރުން 51 އަހަރުގެ މާލެ ދަފްތަރު ނަންބަރު ރސ 6210، ޒާހިދާ ތައުފީގު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް