ރަޓްކޯ މްލާޑިޗް --
ބޮސްނިއާ ހަނގުރާމައިގެ ތެރޭގައި ގަތުލުޢާންމާއި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތައް ހިންގިކަން ސާބިތުވެ ޢުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުން ދިޔަ ބޮސްނިއާގެ ސާބު ކުރީގެ ޖެނެރަލް ރަޓްކޯ މްލާޑިޗް މަރުވެއްޖެއެވެ.
އުމުރުން 84 އަހަރުގައި އޭނާ މަރުވީ ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އދ. ގެ ޖަލު ހޮސްޕިޓަލުގައެވެ. އޭނާ މަރުވިކަން އދ. ގެ އޮފިޝަލުން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފައި އެވެ.
އޭނާގެ އާއިލާގެ ފަރާތުން ފިރިހެން ދަރިފުޅު ޑާކޯ މްލާޑިޗް ވަނީ ހަށިގަނޑާއި ހަވާލުވެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިއުމަށް ނެދަލެންޑްސް ދަތުރުފަށާފައިވާ ކަމަށް މީޑީއާގައި ބުނެފައި އެވެ. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވީ 2017 ވަނަ އަހަރު އެވެ.
މްލާޑިޗް ޖަރީމާތައް ހިންގީ 1992 ވަނަ އަހަރުން 1995 ވަނަ އަހަރަށް ބޮސްނިއާގައި ކުރި ހަނގުރާމައިގެ ތެރޭގައެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔުރަޕުގައި ހިންގި އެންމެ ބޮޑު ގަތުލުޢާންމު ކަމުގައިވާ 1995 ގެ އެ ގަތުލުޢާންމުގެ ޒިންމާ އޭނާގެ ބޮލުގައި އެޅެއެވެ.
ބޮސްނިއާގައި ހިންގި ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގައި 100,000 އަށް ވުރެ ގިނަ މީހުން މަރުވެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރުން ބޭރުކޮށްލެވުނެވެ. ހަނގުރާމަ ފެށުމާ އެކު ބޮސްނިއާ ސާބު ލަޝްކަރުގެ ކޮމާންޑަރަކަށް އައި މްލާޑިޗް ސާބު ދައުލަތެއް އުފެއްދުމުގެ ބޭނުމުގައި ޤައުމުގެ ބޮޑެތި ސަރަޙައްދުތައް އަތްދަށުލައި ވެރިރަށް ސަރަޔޭވޯ ހިޞާރުކޮށް ކޮންމެ ދުވަހަކު ބޮޑުބަޑި ޖަހައި އެއް ދުވަސް ތެރޭގައި 10،000 މީހުންވެސް މަރާލާފައިވެ އެވެ.
އަދި މަރާލާ މީހުންގެ ހަށިތައް ވަޅުލުމަށް ފަހު، ފަހުން ކަށްވަޅު ކޮނެ ހަށިތައް ނަގައި އޭނާގެ އަމުރަށް ދުރުގައި ހުންނަ ފަރުބަދަތަކަށް ހެކި ނައްތާލުމުގެ ގޮތުން ބަދަލު ކުރިކަމަށްވެއެވެ.
މި ގަތުލު އާންމާއި ގުޅިގެން އޭނާގެ ނަން ސާބިއާގެ ދައުލަތާއި ބޮސްނިއާ ސާބުން ބޭނުން ކުރަނީ "ބޮސްނިއާގެ ޖައްލާދު"ގެ ނަމުންނެވެ. އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ވެރިޔާ ޒޮދ ރާދް އަލް ޙސޮން ސިފަކުރީ މްލާޑިޗް އަކީ "ނުބައިކަމުގެ ރަމްޒު" ކަމަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް