ނޭޕާލްގައި ފެންބޮޑުވި ސަރަހައްދުގައި ދިވެއްސަކު ނޫޅެ، އެހީ ބޭނުންވާނަމަ މިނިސްޓްރީއަށް އަންގަން އެދެފި

އިއްޔެ ކުއްލި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގި ނޭޕާލާއި ޗައިނާގެ ޓިބެޓު ގުޅޭ ސަރަހައްދުގައި ދިވެއްސަކު ނޫޅޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. ނޭޕާލަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޑ...

27 Aug 2026 | 14:47
ނޭޕާލުގައި ނުރައްކާތެރި ގޮތަކަށް ފެންބޮޑުވި ހާދިސާގައި ގެތަށް ސުންނާފަތިވެ، މުޅިއަވަށް ކިސަޑުގެ ތެރެއަށް ވަނީ ގޮސްފައި --

ނޭޕާލުގައި ނުރައްކާތެރި ގޮތަކަށް ފެންބޮޑުވި ހާދިސާގައި ގެތަށް ސުންނާފަތިވެ، މުޅިއަވަށް ކިސަޑުގެ ތެރެއަށް ވަނީ ގޮސްފައި --

އިއްޔެ ކުއްލި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގި ނޭޕާލާއި ޗައިނާގެ ޓިބެޓު ގުޅޭ ސަރަހައްދުގައި ދިވެއްސަކު ނޫޅޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ނޭޕާލަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޑޮކްޓަރުކަން ކިޔަވަމުންދާ ގައުމެކެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްްގައި ބުނީ ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގެ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ހިނގި ކުއްލި ފެންބޮޑުވުމުގެ ހާދިސާގައި އެ ސަރަހައްދުގައި ދިވެހި ރައްޔިތަކު ހުރި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި ހާދިސާ މޮނިޓާ ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ނޭޮޕާލުގެ ކަތުމަންޑޫގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުންވެސް ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް މި ކާރިސާގެ އަސަރު ފޯރާފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ނޭޕާލްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތެއް ވާނަމަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 9607983400+ އަށް ގުޅުމަށް ނުވަތަ ކޮންސިއުލާ އީމެއިލް [email protected] އަށް މެއިލް ކުރުމަށް އެ މިނިސްޓްރީ ވަނީ އެދިފައެވެ.

އިއްޔެ ނޭޕާލުގައި ހިނގި މި ހާދިސާގައި 1300 އަށްވުރެ ގިނަ މީހުން އަދިވެސް ވީނުވީއެއް ނޭނގެ އެވެ. މިހާތަނަށް މަރުވެފައިވާ 360 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ފެނިފައިވެ އެވެ.

އެ ސަރަހައްދަކީ ޓޫރިޒަމް ވަރުގަދަ ސަރަހައްދެއް ކަމުން ގެއްލުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ޓޫރިސްޓުން ހިމެނެ އެވެ. ނޭޕާލުގެ ޓޫރިޒަމް މިނިސްޓްރީން ބުނީ 500އަށްވުރެ ގިނަ ޓޫރިސްޓުންގެ ހަބަރެއް ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް