ހިޔާ ފްލެޓުތައް --
ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓެއްގެ ބެލްކަނީގައި ޖިންސީ ގުޅުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
މި ވީޑިއޯ އާންމުވެފައިވަނީ ސޯޝަލް މީޑިއާގައި އެވެ. މިކަން ހިންގާފައިވަނީ ދުވާލުކަން ވީޑިއޯއިން އެނގެ އެވެ.
އެ ވީޑިއޯގައި ފެންނަނީ ހިޔާގެ 12 ވަނަ ޓަވަރުގެ ބެލްކަނީގައި އަންހެނަކާއި ފިރިހެނަކު ޖިންސީ ގުޅުން ހިންގާ މަންޒަރެވެ. އެ ބެލްކަނި ހުންނަ ގޮތުން ކައިރީގައި ހުރި އެތައް ޓަވަރެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެ މަންޒަރު ސާފުކޮށް ފެންނާނެ ކަމަށް ބެލެވެއެވެ.
ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން އާންމު ތަންތަނުގައި ބަދުއަޚުލާޤީ ޢަމަލު ހިންގުމަކީ މަނާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް