ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ޝުއައިބް ޔޫސުފް އައްޔަން ކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ޝުޢައިބު ޔޫސުފް މިއަދު ޢައްޔަންކުރައްވައިފިއެވެ. މި ޢައްޔަންކުރެއްވުން ކުރިއަށް ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮ...

27 Aug 2026 | 09:12
ޝުއިބް ޔޫސުފް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ޝުއިބް ޔޫސުފް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ޝުޢައިބު ޔޫސުފް މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި ޢައްޔަންކުރެއްވުން ކުރިއަށް ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޝުޢައިބު ޔޫސުފް ވަނީ މެންބަރުކަމުގެ ހުވައި ކުރައްވައިފައެވެ.

ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. ހުވައި ކުރެއްވުމަށް ފަހު މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުޢައިބު ޔޫސުފާ ހަވާލުކުރައްވައިފައެވެ.

ޝުއައިބު ވަނީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްކަން ކުރައްވާފައި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އަށް މެންބަރުން ތިއްބަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް