N/A
މާލެ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ހާލު ސީރިއަސްވެފައި ތިބި ދެ މީހެއްގެ ތެރެއިން އެކަކު މިއަދު ނިޔާވެއްޖެއެވެ.
މިއަދު ހެނދުނު 10:34 ހާއިރު އެ ގެއިން ދެ މީހަކު ހާލު ދެރަވެފައި ތިބި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވެއެވެ. އެ ހާދިސާގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު މީހާ ވަނީ ނިޔާވެފައެވެ. ނިޔާވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ ޒާހިދާ ތައުފީގު (51އ) އެވެ. މާތް ﷲ އެ މަރްހޫމާއަށް ރަހްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށިއެވެ.
ހާލު ދެރަވި ދެވަނަ މީހަކީ 19 އަހަރުގެ އަންހެނެކެވެ. އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެ ގޭގައި ހިނގީ ގޭސް ލީކުވުމުގެ ހާދިސާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް