އީރާނުގެ ރޫޙާނީ ލީޑަރު ވަރަށް ބޮޑަށް ޒަހަމްވެފައި ވީނަމަވެސް އަވަހާރަ ނުވާކަމަށް ޓްރަމްޕް ބުނެފި

އީރާނުގެ ރޫޙާނީ ލީޑަރު މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއިން ގެއްލިފައިވާ ދަނޑިވަޅެއްގައި އެ މަނިކުފާނު އަވަހާރަވެފައި ނުވާ ކަމަށް ޤަބޫލުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ....

27 Aug 2026 | 05:30
މުޖުތަބާ ހާމަނާއީގެ ފޮޓޯއެއް ހިފައިގެން މީހަކު --

މުޖުތަބާ ހާމަނާއީގެ ފޮޓޯއެއް ހިފައިގެން މީހަކު --

އީރާނުގެ ރޫޙާނީ ލީޑަރު މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއިން ގެއްލިފައިވާ ދަނޑިވަޅެއްގައި އެ މަނިކުފާނު އަވަހާރަވެފައި ނުވާ ކަމަށް ޤަބޫލުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ކޮމެންޓޭޓަރު ގްލެން ބެކް އާ އެކު ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ ޚާމަނާއީ އަށް ވަރަށް ބޮޑެތި ޒަޚަމްތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ހަށިގަނޑުގެ ވައަތު ފަޅީގެ އަތާއި ފަޔާއި ވަރަށް ބޮޑަށް ޒަޚަމްވި ކަމަށް ބުންޏެވެ.

ޚާމަނާއީ އަށް ކުޅެދެވޭ ހާލަތެއްގައި ނެތް ނަމަ ނުވަތަ އަވަހާރަވެފައިވާ ނަމަ ތެހެރާނުން ބޮޑު ޑްރާމާއެއް ކުޅެމުންދާ ކަމަށް ޓްރަމްޕް ފާހަގަކޮށްފައިވެއެވެ. ޓްރަމްޕް ބުނި ގޮތުގައި "ކަންކަމުގެ ފަހު ރުހުން ހޯދަން" ޚާމަނާއީ އާ ބައްދަލުކުރާ ކަމަށް އީރާނުން ދައްކާ ވާހަކަ ރަނގަޅަށް ކުޅެމުންދާ ކަމަށެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ ފާރސް ނިއުސް އިން އަންގާރަ ދުވަހު ޚާމަނާއީގެ ވީޑިއޯއެއް ދައްކާފައިވާ ކަމަށް އަލް ޢަރަބިއްޔާ އިން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެ ވީޑިއޯ އަކީ ޚާމަނާއީ ރޫޙާނީ ލީޑަރު ކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ނަގާފައިވާ ފުޓޭޖެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މުޖުތަބާ ޚާމަނާއީ ރޫޙާނީ ލީޑަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވީ ބައްޕާފުޅު އާޔަތުﷲ ޢަލީ ޚާމަނާއީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްތިއުމާރީ އިސްރާއީލު ގުޅިގެން ދިން ހަމަލާތަކެއްގައި އަވަހާރަވުމާ ގުޅިގެންނެވެ.

މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން މުޖުތަބާ ޚާމަނާއީ ޢާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގެންފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް