އައްޑޫ ކެޑޭޓް ކޭމްޕުން ކާނާ ވިހަވި ހުރިހާ ކުދިން ފަރުވާއަށް ފަހު ދޫކޮށްލައިފި

އައްޑޫ ސިޓީ ފޭދޫ ސްކޫލްގައި މި ހަފްތާގައި ބޭއްވި  ކެޑޭޓް ކޭމްޕްގެ ތެރެއިން ކާނާ ވިހަވެގެން ފަރުވާދިން ހުރިހާ ކުދިން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މީގެ ކުރިން ބުނީ ...

27 Aug 2026 | 05:21
ފޭދޫ ސްކޫލްގައި ކުރިޔަށް ދިޔަ ކެޑޭޓް ކޭމްޕުގެ ތެރެއިން -- ފޮޓޯ: ސީނު އެޓޯލް ސްކޫލް

ފޭދޫ ސްކޫލްގައި ކުރިޔަށް ދިޔަ ކެޑޭޓް ކޭމްޕުގެ ތެރެއިން -- ފޮޓޯ: ސީނު އެޓޯލް ސްކޫލް

އައްޑޫ ސިޓީ ފޭދޫ ސްކޫލްގައި މި ހަފްތާގައި ބޭއްވި  ކެޑޭޓް ކޭމްޕްގެ ތެރެއިން ކާނާ ވިހަވެގެން ފަރުވާދިން ހުރިހާ ކުދިން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މީގެ ކުރިން ބުނީ ކާނާ ވިހަވެގެން 31 ކުއްޖަކަށް ފަރުވާ ދޭންޖެހުނެވެ. އޭގެ ތެރެއިން 12 ކުއްޖަކަށް ފޭދޫ ސިއްހީ މަރުކަޒުގައި، 12 ކުއްޖަކަށް މަރަދޫ ސިއްހީ މަރުކަޒުގައި އަދި އަނެއް ހަތް ކުދިންނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނެވެ.

އެ ހޮސްޕިޓަލުން މީޑިއާގައި ބުނީ އެޑްމިޓު ކުރި ހުރިހާ ކުދިންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ހުރިހާ ކުދިންގެ ހާލު ރަނގަޅު ކަމަށް ބުނެފައިވެ އެވެ.

ކާނާ ވިހަވެގެން އެ ކުދިން ހޮޑުލައި، ބޭރަށް ހިންގުމުގެ އިތުރުން ބަނޑުގައި ރިއްސި ކަމަށްވެ އެވެ. އެ ކޭމްޕަށް ކެއުން ފޯރުކޮށްދިން ފަރާތެއް އަދި ނޭނގެ އެވެ.

ސީނު އެޓޯލް ސްކޫލުން އިންތިޒާމް ކޮށްގެން ފޭދޫ ސްކޫލްގައި ކުރިޔަށްދިޔަ އެ ކޭމްޕުގައި 106 ކުދިން ބައިވެރިވި އެވެ.

މި ކޭމްޕުގައި އެ ދެ ސްކޫލްގެ އިތުރުން ފުވައްމުލަކު ސިޓީގެ ދެ ސްކޫލް ކަމަށްވާ ހާފިޒް އަހުމަދު ސްކޫލާއި މުހައްމަދު ޖަމާލުއްދީން ސްކޫލްގެ ކެޑޭޓުންނާއި ބޭންޑުން ބައިވެރިވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް