ނޭޕާލްގައި ކުއްލިއަކަށް ފެންބޮޑުވި ހާދިސާގައި 500 އަށްވުރެ ގިނަ ޓޫރިސްޓުން ގެއްލިއްޖެ

ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ސަރަޙައްދުގައި ކުއްލިއަކަށް ފެންބޮޑުވެ ހިނގި ހާދިސާގައި މިހާތަނަށް މަރުވެފައިވާ 165 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ނޭޕާލުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ. ނޭޕާ...

27 Aug 2026 | 04:53
ނޭޕާލުގައި ފެންބޮޑުވެ ގެއްލުން ލިބުނު ސަރަހައްދު --

ނޭޕާލުގައި ފެންބޮޑުވެ ގެއްލުން ލިބުނު ސަރަހައްދު --

ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ސަރަޙައްދުގައި ކުއްލިއަކަށް ފެންބޮޑުވެ ހިނގި ހާދިސާގައި މިހާތަނަށް މަރުވެފައިވާ 165 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ނޭޕާލުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.

ނޭޕާލު ފުލުހުން ހާމަކުރި ގޮތުގައި އެ ޤައުމުން 162 ހަށިގަނޑު ފެންޗަކަގަނޑުގެ ތެރެއިން ނަގާފައިވާ ކަމަށެވެ. ޗައިނާގެ ގިރޮންގް ކައުންޓީން ތިން މީހުން މަރުވެފައިވެއެވެ.

ނޭޕާލުގެ ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި 579 ޓޫރިސްޓުންގެ ޚަބަރެއް ނުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 142 އިންޑިއާ މީހުންނާއި 34 އޮސްޓްރޭލިއާ މީހުންނެވެ.

އަދި މެލޭޝިއާ ނެދަލެންޑްސް ޕޯޗުގަލް ދެކުނު އެފްރިކާ ދެކުނު ކޮރެއާ އިނގިރޭސިވިލާތް އަދި އެމެރިކާގެ ރައްޔިތުން ވެސް ހިމެނެއެވެ. މީގެ އިތުރުން ނޭޕާލް ފުލުހުންގެ 28 މީހެއްގެ ޚަބަރެއް ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ނޭޕާލުން ދިޔައީ އެ ސަރަހައްދުގައި ބިޔަ ހައިޑްރޯ ޕަވާ ޕްރޮޖެކްޓެއް ހިންގަމުންނެވެ. އެ މަޝްރޫއު އެއްކޮށް ފުނޑުފުނޑުވެފައިވާއިރު އެ މަސައްކަތުގައި އުޅުނު ދެކުނު ކޮރެއާގެ އެއްވެސް މީހެއްގެ ހަބަރެއް ނުވާ ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައި އެވެ.

އިއްޔެގެ ހާދިސާގެ ވީޑިއޯތައް އާންމުވެފައިވާއިރު ނޭޕާލްގެ ބޮޓެ ކޮޝީ އަދި ތްރިޝޫލީ ކޯރުގެ މަގުން ދަތުރުކުރި ފެންގަނޑު އަވަށްތަކަށް އަރަން ނެގީ މަދު ވަގުތުކޮޅެވެ. ކާރުތައް ޗަކަ ފެނުގެ އަޑިއަށް ގޮސް، ބޮޑެތި ދަގަނޑު ފާލަންތައް ބިމާ ހަމަކޮށްލި މަންޒަރު ފެނެއެވެ. ޗައިނާ ފަޅީގެ ސީސީޓީވީ ކެމެރާތަކުން ފެންނަ ގޮތުގައި ކިސަޑާއި ކުނީގެ ބޮޑު ރާޅެއް އެތައް ބުރިއެއްގެ ޢިމާރާތްތަކުގެ މައްޗަށް އެރީ އެތައް ސަތޭކަ ބަޔަކު ފުރާނަ ސަލާމަތްކުރުމަށް ދުވަމުން ދަނިކޮށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދެ ގައުމުގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުން މީހުން ހޯދަން މަސައްްކަތް ކުރާ ވަރަކަށް މަރުވެފައިވާ މީހުންގެ އަދަދު އިތުރުވަމުންދާނެ އެވެ. ނޭޕާލަކީ ފަރުބަދަމަތީ ގައުމަކަށް ވާތީ އެ ސަރަހައްދުގައި މީހުން ހޯދުމަށް ބަރު އުޅަނދުތައް ބޭނުން ކުރުމަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށްވެ އެވެ.

މިހާދިސާ އާއި ގުޅިގެން އެމެރިކާ އާއި ޗައިނާ އަދި އެނޫންވެސް ބޮޑެތި ގައުމުތަކުން ވަނީ ވަގުތުން ނޭޕާލަށް އެހީތެރިކަން ފޯރުކޮށްދޭނެކަން އިއުލާނުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް