ރަށްރަށަށް ރޯދަ ހަދިޔާ ފޮނުވަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް އަތޮޅު ތެރެއަށް ފޮނުވުމުގ...

27 Jan 2026 | 13:17
N/A

N/A

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު

މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހި

ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް އަތޮޅު ތެރެއަށް

ފޮނުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް

ޕަބްލިކް ވަރކްސްއިން ފަށައިފިއެވެ.

އަތޮޅު ތެރެއަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ

މަސައްކަތް ކުރިއަށް ގެންދަނީ ސްޓޭޓް ޓްރެޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)

މެދުވެރިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް މާލެ

ސަރަޙައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައި ވަނީ މި ހިނގާ ޖަނަވަރީ މަހުގެ

24 ގައެވެ. މި މަސައްކަތް ކުރިއަށް ދަނީ މިނިސްޓްރީއާ، ސަރުކާރު ހިއްސާވާ ބައެއް

ކުންފުނިތަކުގެ އިތުރުން ދިވެހި ސިފައިންނާ، ފުލުހުންގެ ވެސް އެހީތެރިކަމާއެކުއެވެ.

''ދިވެހިރާއްޖޭގެ އަޑުން'' މިއަދު ހެނދުނު ގެނެސްދިން

''އަދުގެ ރާއްޖެ'' ޕްރޮގްރާމްގައި މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު

ޔޫސުފް ޢަބްދުލްޣަފޫރު ވިދާޅުވީ އިއްޔެއިން ފެށިގެން އަތޮޅު ތެރޭގެ ރަށްތަކަށް

ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް

ފަށާފައިވާ ކަމަށެވެ.

ޔޫސުފް ވިދާޅުވީ ބެހުމަށް ހަމަޖެހިފައިވާ މަސްދަޅު

ކޭސްތައް، ބެހުމަށް ފަހިވާ ގޮތަށް މިހާރުވެސް ހުރީ އެކި ސަރަޙައްދުތަކުގައި ގުދަން

ކުރެވިފައިވާ ކަމަށެވެ. އެ ތަންތަނުން ރަށްތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ

މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

''އިއްޔެއިން ފެށިގެން ބައެއް ރަށަށް ފޮނުވަން ފަށާފައިވަނީ.

މިއަދާ އަދި މާދަމާ ވެސް މަސްދަޅު ކޭސްތައް ރަށްރަށަށް ފޮނުވާނެ" ސްޓޭޓް

މިނިސްޓަރ ޔޫސުފް ވިދާޅުވިއެވެ.

''މާދަމާ އިން ފެށީގެން އަތޮޅުތަކަށް ފުލްކޮށް ގެންދިޔުމުގެ

މަސައްކަތް ފެށޭނެ'' ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ރަށްތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް

ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. މި އަހަރު ރޯދަ

ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ

ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ.

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673

މަސްދަޅު ކޭސް ބެހިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް