N/A
އުރީދޫ މޯލްޑިވްސް އިން މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް
"ކަރާ ފެޅުން" ގޭމް 200,000 ރުފިޔާގެ އަގުހުރި އިނާމުތަކާ އެކު ސުޕަރއެޕް
މެދުވެރިކޮށް ތައާރަފުކޮށްފިއެވެ.
މި އަހަރުގެ ކަރާ ފެޅުން ގޭމުގައި ކުޅުންތެރިން ފުރަތަމަ
ފަހަރު ގޭމް ފަށާއިރު ދެ ލަޝްކަރުގެ ތެރެއިން އެއް ލަޝްކަރެއް ހިޔާރުކުރަން ޖެހޭނެއެވެ.
ކޮންމެ ދުވަހަކު ކަރާ ފެޅުމުން، ގޭމުގައި ބައިވެރިވި ކޮންމެ މީހަކަށް ހަދިޔާއެއް ލިބޭނެއެވެ.
އަދި މޮޅުވާ ޓީމުން އެކަކަށް ފިޒިކަލް ހަދިޔާއެއް ލިބޭ އިރު، މިއަދުގެ ހަދިޔާ އަކީ
ޖޭބީއެލް ޕާޓީ ބޮކްސް އެކެވެ.
ގޭމުގެ ބޮޑު އިނާމެއްގެ ގޮތުގައި އެއްވަނައަށް ދާ ފަރާތަކަށް
100,000 ރުފިޔާގެ ހާއްސަ ކްރިއޭޓަރ ބަންޑަލް ލިބޭނެއެވެ. މީގެ ތެރޭގައި މެކްބުކް އެއާ
އެމް5 އާއި އައިފޯން 17 ޕްރޯ އާއި އައިޕެޑް އެއާ އާއި ޑީޖޭއައި ޑްރޯންތައް ހިމެނެއެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުރީދޫ ސުޕަރއެޕް
މެދުވެރިކޮށް ކަރާ ފެޅުން ކުޅެވޭނެއެވެ. ކޮންމެ ދުވަހަކު ކުޅެގެން ހިލޭ ޑޭޓާ އާއި ފައިސާގެ
އިނާމުތައް ވެސް ލިބެން ހުންނާނެ ކަމަށް އުރީދޫއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް