ދިރާގުން ރަމަޟާން މަހު ދެ ލައްކައަށް ވުރެ ގިނަ ރުފިޔާގެ އެހީ ހަދިޔާކޮށްފި

ދިރާގުން ނިމިދިޔަ ރަމަޟާން މަހު ދިރާގުޕޭ މެދުވެރިކޮށް "ޑޮނޭޓް އަ މީލް" އަދި "ޑޮނޭޓް ޓު އަ ފެމިލީ" ޕްރޮގްރާމްގެ ދަށުން ޖުމްލަ 213،998 ރުފިޔާގެ އެހީ ހަދިޔާކޮށްފިއެވެ. ދިރާގުން މައުލޫމާތު ދޭ ގޮތުގައި، މި...

13 Apr 2026 | 06:03
N/A

N/A

ދިރާގުން ނިމިދިޔަ ރަމަޟާން މަހު ދިރާގުޕޭ މެދުވެރިކޮށް "ޑޮނޭޓް އަ މީލް" އަދި "ޑޮނޭޓް ޓު އަ ފެމިލީ" ޕްރޮގްރާމްގެ ދަށުން ޖުމްލަ 213،998 ރުފިޔާގެ އެހީ ހަދިޔާކޮށްފިއެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި، މި ޖުމްލައިގެ ތެރޭގައި ދިރާގުން ހަދިޔާކުރި 180،000 ރުފިޔާގެ އިތުރުން ރަމަޟާން މަހު ދިރާގުޕޭ މެދުވެރިކޮށް އާންމުންގެ ފަރާތްތަކުން ލިބުނު އެހީ ހިމެނެއެވެ.

ދިރާގުން ބުނީ މިޝަން ފޯ މައިގްރަންޓް ވޯކަރސް މޯލްޑިވްސްއާ ގުޅިގެން "ޑޮނޭޓް އަ މީލް" ޕްރޮގްރާމް މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް މީލް ޕެކް ބެހި ކަމަށެވެ. މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން 1،000 މީލް ޕެކް ހަދިޔާކުރި ކަމަށާއި، ކަސްޓަމަރުން ވެސް ދިރާގުޕޭ މެދުވެރިކޮށް އިތުރު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މާލެ ސަރަހައްދުގެ މިސްކިތްތައް ކައިރީގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ދިރާގުގެ މުވައްޒަފުން ވެސް އަމަލީ ގޮތުން ބައިވެރިވެ މީލް ޕެކްތައް ބެހި ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން "މަމްސް އެއިޑް"އާ ގުޅިގެން "ޑޮނޭޓް ޓު އަ ފެމިލީ" ހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ދިރާގުން ބުންޏެވެ. އެ ކުންފުނިން ވަނީ 100 އާއިލާއަކަށް ކާބޯތަކެތީގެ ޒަރޫރީ ސާމާނު ހިމެނޭ "ކެއަރ ބާސްކެޓް" ފޯރުކޮށްދީފައެވެ. މި ހަރަކާތުގައި އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް