މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމައި ޗުއްޓީއަށް ގޮސްފި

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ މަސައްކަތްތައް ނިންމައި ޗުއްޓީއަށް ގޮސްފި އެވެ. މަޖިލީހުގެ ގަވައިދު ބުނާގޮތުން މި ދަރުއު ކުރިޔަށްދާނީ އޮގަސްޓު 15 ގެ ނިޔަލަށެވެ. ނަމަވެސް ޗުއްޓީއަށް ގޮސްފައި މ...

26 Aug 2026 | 12:30
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ މަސައްކަތްތައް ނިންމައި ޗުއްޓީއަށް ގޮސްފި އެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން މި ދަރުއު ކުރިޔަށްދާނީ އޮގަސްޓު 15 ގެ ނިޔަލަށެވެ. ނަމަވެސް ޗުއްޓީއަށް ގޮސްފައި މިވަނީ ދެ ފަހަރެއްގެ މަތިން ދައުރު ދަންމާލުމަށް ފަހު އެވެ.

ދައުރު މިއަދު ނިންމާލި އިރު މުހިންމު ބިލުތަކެއް މިއަދު އެކަނިވެސް މަޖިލީހުން ފާސްކުރި އެވެ.

އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރަން ރުހުން ދިނުމާއި ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 40 ޕަސެންޓު އެމްއެމްއޭއަށް ފާސްކުރުން ހިމެނެ އެވެ.

މިއަހަރުގެ ފަހު ދައުރު ފެށޭނީ އަންނަ އޮކްޓޯބަރު މަހު އެވެ. އެ ދައުރު ނޮވެމްބަރުގެ ނިޔަލަށް ކުރިޔަށްދާނެ އެވެ. ކޮންމެ އަހަރެއްގެވެސް ފަހު ދައުރު ބޮޑަށް ހާއްސަ ވެފައި އޮންނަނީ އަންނަ އަހަރަށް އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފާސްކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް