ޕީއެންސީ މެމްބަރުން -- ފޮޓޯ: ސޯޝަލް މީޑިއާ
ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެމްބަރުންގެ އަދަދު 70،000 އަށް އަރައިފި އެވެ.
ޕީއެންސީން މީޑިއާގައި ބުނީ މެމްބަރުންގެ އަދަދު މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެއީ އަންނަ މަހު ބާއްވާ ޕާޓީގެ ކޮންގްރެސްއަށް އަށް ތައްޔާރުވުމުގެ ގޮތުން ގޮފިތަކުން މެމްބަރުން އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާތީ ކަމަށް ބުނެ އެވެ.
ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 އިން 18 އަށެވެ.
މިހާރު ވެސް އިލެކްޝަންސް ކޮމިޝަންގެ ދަފުތަރު ދައްކާގޮތުން ރާއްޖޭގައި އެންމެ މީހުން ގިނަ ޕާޓީއަކީ ޕީއެންސީއެވެ. މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި 67 ހާހަށްވުރެ ގިނަ މެމްބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ދައްކަ އެވެ.
ސިޔާސީ ޕާޓީތަކަށް ވަންނަން މިހާރު ފޯމު ހުށަހަޅަން ޖެހެނީ އެ ކޮމިޝަންގެ "މައި-ޕޯޓަލް" މެދުވެރިކޮށެވެ. އީ-ފާސް މެދުވެރިކޮށް ހުށަހަޅާ އެ ފޯމު ސީދާ ދާނީ އެ ކޮމިޝަނަށެވެ. ޕީއެންސީން ކުރަންޖެހޭ ކަމަކީ މެމްބަރެއްކަން އެޕްރޫވް ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް