ޝަންމޫން ހަމީދު -- ފޮޓޯ: މަޖިލީސް
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ޝަންމޫން ހަމީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
އެޗްއާރުސީއެމަށް މެމްބަރު ހޮވަނީ އެ ކޮމިޝަނުގެ މެމްބަރު ސަމާއު އަހުމަދު ނަޖީބުގެ ދައުރު ހަމަވާތީ އެވެ. އެމަގާމަށް ހުޅުވާލުމުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ޝަންމޫން އާއި ސަމާއުގެ ނަމެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަން ކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއުކޮށް، އެކުލަވާލި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅި އިރު އެންމެ މަތީ މާކްސް ދީފައި އޮތީ ޝައްމޫނަށެވެ. އޭނާއަށް 92 މާކްސް ދިން އިރު ސަމާއުއަށް ދިނީ 86 މާކުހެވެ.
މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ވަނީ ދެ ބޭފުޅުންގެ ތައުލީ ދާއިރާއަށް ނުބަލައި ރައީސް ފޮނުއްވި ލިސްޓުގެ ކުރީގައި އިން ނަން ވެރިކަން ކުރާ ޕީއެންސީ މެމްބަރުން ފާސް ކުރީ ވަކި ކޮޅަކަށް ބުރަވެ ތިބެކަމަށް ވިދާޅުވެފައި އެވެ.
މެމްބަރުން ވިދާޅުވީ ޝަންމޫން ކިޔަވާ ވިދާޅުވެފައިވަނީ މިއުޒިކާ ގުޅުން ހުރި ދާއިރާއަކުން ކަމަށެވެ. ނަމަވެސް ސަމާއު ކިޔަވަވާ ވިދާޅުވެފައިވަނީ ހިއުމަން ރައިޓްސްގެ ދައިރާއިން ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި ޕީއެންސީ ޕީޖީ ޑީލަރު އަހުމަދު ފަލާހު ވިދާޅުވީ ތައިލީމީ ދާއިރާ އާއި ފެންވަރަށް ލިބެނީ 15 މާކްސް ކަމަށާއި އެހެން ދާއިރާތަކުން ލިބޭ މާކްސް އެއްކުރުމުން ނުވަތަ އުނިވާ މާކްސްއަކުން ޕޮއިންޓު މަދުވެދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް