ދިރާގު އީދު ބޮނޑިބަތް މި އަހަރު ވެސް އީދު ނަމާދަށް ފަހު

ދިރާގުން ކޮންމެ އަހަރަކު ބޮޑު އީދު ފާހަގަކުރުމަށް ކުރިއަށް ގެންދާ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް މި އަހަރު ވެސް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި އަހަރުގެ ބޮނޑިބަތް ބެހުމަށް ހަމަޖެހިފައިވަނީ ހައުސިނ...

26 May 2026 | 01:11
N/A

N/A

ދިރާގުން ކޮންމެ އަހަރަކު ބޮޑު އީދު ފާހަގަކުރުމަށް ކުރިއަށް ގެންދާ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް މި އަހަރު ވެސް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި އަހަރުގެ ބޮނޑިބަތް ބެހުމަށް ހަމަޖެހިފައިވަނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލޭގައި އަދި މާލެ ސިޓީ ކައުންސިލާ ގުޅިގެން މާލޭގައެވެ. މި ހަރަކާތް ކުރިއަށް ދާނީ އީދު ދުވަހުގެ ހެނދުނު 7:00 ގައި އޮންނަ އީދު ނަމާދަށް ފަހު، މާލޭގެ ކިންގް ސަލްމާން މިސްކިތް ސަރަހައްދުގައާއި ހުޅުމާލެ ފޭސް 1 ގެ ސިންތެޓިކް ޓްރެކް ސަރަހައްދުގައެވެ.

މިއީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމުގެ މަގްސަދުގައި، ބޮޑު އީދުގެ އުފަލުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކޮށް މުޖުތަމައުގެ ގުޅުން ވަރުގަދަކުރުމަށް ދިރާގުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް