ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު --
ރާއްޖެ އައި އެމެރިކާ މީހެއްގެ އަތުން މެގަޒިނެއް ފެނިގެން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައިގަ ހައްޔަރު ކުރީ އުމުރުން 36 އަހަރުގެ ކޮބޯލް ބްރިޓެއިން ކަމަށެވެ. އޭނާ ހައްޔަރު ކުރީ އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ފުލުހުން ބުނީ މެގަޒިން ފެނިފައިވަނީ އެމީހާގެ ފޮށި ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި މެގަޒިންގައި ވަޒަންތައްވެސް ހުރި ކަމަށް ބުނެފައިވެ އެވެ.
އެ މައްސަލައިގަ އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވެ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް