ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި

ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދާ އެ ފަރާތްތަކުގެ އަތުން ނެގުމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. ރައީސް ޑރ. މު...

25 Aug 2026 | 12:45
ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދާ އެ ފަރާތްތަކުގެ އަތުން ނެގުމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބިލުގެ އެންމެ ބޮޑު މަޤުޞަދަކީ ނުޙައްޤުން ހޯދާ މުދަލުން އިތުރު މަންފާ ހޯދެވެން ހުރި ދޮރުތައް ބަންދުކުރުން ކަމަށެވެ.

ކުށްކޮށްގެން ލިބޭ މާލީ މަންފާ ހުއްޓުވުމުގެ އިތުރުން ދައުލަތުގެ މުދާ ދައުލަތަށް އަނބުރާ ނެގުމުގައި މިހާރު ކުރިމަތިވެފައި އޮތް ޤާނޫނީ ހުރަސްތަކަށް ވެސް މި ބިލުން ޙައްލު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ވެސް މަނީ ލޯންޑަރިންގެ ދައުވާ އާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ކުށުގެ މުދާ ދައުލަތަށް ނެގުމަށް ދައުލަތުން ކޯޓުގައި އެދެއެވެ. އެހެންނަމަވެސް އެފަދަ އަމުރުތައް ނެރުމުގައި ތަފާތު ހުރަސްތައް ކުރިމަތިވެ މުދާ ދައުލަތަށް ނެގުމަށް ކޯޓުން އެންގީ ވަރަށް މަދު ފަހަރެއްގައެވެ. ބައެއް މައްސަލަތަކުގައި ފައިސާ ނެގުމުގެ އަމުރު ކޯޓުން ނެރުނު ނަމަވެސް މުދާ ނެގުމާ ހިސާބަށް ނިންމުންތައް ގެންދެވިފައެއް ނުވެއެވެ.

މި ބިލުގެ މަސައްކަތް މަޖިލީހުން އަދި ތާވަލުކޮށްފައި ނުވާ އިރު ބިލުގައި ހިމެނޭ ކަންކަމުގެ ތަފުޞީލް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް