އަދީބަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާ ހަލާސް ކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވުމުން ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާ ހަލާކޮށްފި އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަ...

25 Aug 2026 | 05:38
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވުމުން ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާ ހަލާކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އަކާއި އެކު 20 އަހަރުގެ ޖަލު ހުކުމެއް ކުރި އެވެ. ޖޫރިމަނާގެ ތެރެއިން އަދީބު އޮތީ ކުރިން އެއް މިލިއަން ރުފިޔާ ދައްކާފައި އެވެ.

ބާކީ ފައިސާ ނުދައްކައިގެން މިދިޔަ އަހަރު ދައުލަތުން އޭނާއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ އުފުލި އެވެ. އެ ދައުވާގައި އެއްބަސްވިގޮތަށް އަދީބު ފައިސާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ އިއްޔެ އެވެ.

އެ ހުކުމުގައި ބުނެފައިވާ ގޮތުގައި ދައުލަތުން ބޭނުންވީ ދެ ލައްކަ ރުފިޔާ (ނުދައްކާ ހުރި ޖުމުލަ ފައިސާގެ 20 ޕަސެންޓް) ފުރަތަމަ ދެއްކުމަށް ފަހު، ބާކީ ހުރި ފައިސާ މަހުން މަހަށް ދައްކާ ގޮތަށެވެ. ކޯޓުގެ ހުކުމުގައި ބުނީ އަދީބު، އެއް މިލިއަން ރުފިޔާ ދެއްކެވީ ދެ އިންސްޓޯލްމަންޓަށް ބަހާލައިގެން ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު 11 ގައި އެއް ލައްކަ ރުފިޔާ އަދި ބާކީ ނުވަ ލައްކަ ރުފިޔާ ވަނީ މި މަހުގެ 13 ވަނަ ދުވަހު ދައްކާ ހަލާސްކޮށްފަ އެވެ. އެހެންވެ، ހުކުމް ތަންފީޒުކުރި ކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވެ އެވެ.

ޖޫރިމަނާ ދައްކާ ނިންމި އިރު އަދީބަށް ކުރި 20 އަހަރުގެ ޖަލު ހުކުމް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އުޅެނިކޮށް ވަނީ ހަތަރު ދުވަހަށް ކުރުކޮށްދީފައި އެވެ. އެހެންވެ އޭނާ ވަނީ މިހާރު މިނިވަން ވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް