N/A
ދިރާގުން
ބައިނަލްއަގުވާމީ ތައުލީމީ ދުވަސް (24 ޖަނަވަރީ 2026) ފާހަގަކުރުމުގެ ގޮތުން
ރާއްޖޭގެ ކޮލެޖް އަދި ޔުނިވަރސިޓީގެ ދަރިވަރުންނަށް ހާއްސަކޮށްގެން "ދިރާގު
ސްޓޫޑެންޓް ކަނެކްޓް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
މިއީ،
ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ޒުވާނުންގެ އުފެއްދުންތެރިކަން އިތުރުކޮށް،
ޒުވާނުން ބާރުވެރިކުރުމުގެ މަގުސަދުގައި ދިރާގުން ތައާރަފްކޮށްފައިވާ ހަރަކާތެއް ކަމަށް
ދިރާގުން ބުނެއެވެ.
"ދިރާގު
ސްޓޫޑެންޓް ކަނެކްޓް"ގެ ދަށުން ބާއްވާ ފުރަތަމަ އެޑިޝަން ކަމުގައިވާ
"އައިސިކް އެޑިޝަން" ބާއްވައިފައިވަނީ ދަރިވަރުންނަށް ހާއްސަ
އޮފަރތަކާއި ޑިސްކައުންޓްތަކާއި، ގޭމިންގގެ އިތުރުން މުނިފޫހިފިލުވުމުގެ އެކިއެކި
ހަރަކާތްތަކާއެކުގައެވެ. އަދި، މި އިވެންޓުގައި ބައިވެރިވި ދަރިވަރުންނަށް ދިރާގު x އައިސިކް ސްޓޫޑެންޓް
ޑިސްކައުންޓް ކާޑުގެ އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަނެއް ވަނީ މުޅިން ހިލޭ
ދީފައެވެ. މީގެ ސަބަބުން ދަރިވަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި
ރާއްޖޭގެ އެކި އައުޓްލެޓްތަކުން ހާއްސަ އޮފަރތަކާއި ޑިސްކައުންޓްތައް
ލިބިގެންދާނެއެވެ.
މި އިވެންޓުގައި
ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ އަލީ ރިޔާޒް
ވިދާޅުވިގޮތުގައި، ޒުވާނުން ބާރުވެރިކުރުވުމަށް އެހީތެރިވެދީ، ޒުވާނުން
އިހުތިޔާރުކުރާ މުސްތަގުބަލަށް ވާސިލުވުމަށް ބޭނުންވާ އަގުހުރި ފުރުސަތުތަކާއި
ވަސީލަތްތައް އަދި ތަޖުރިބާތައް ފޯރުކޮށްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް
ދޭ ކަމެކެވެ .
ތައުލީމީ ދާއިރާގައި ޑިޖިޓަލް
ވަސީލަތްތަކުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ދިރާގުގެ ޑިރެކްޓަރ އޮފް
ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވި ގޮތުގައި،
ދިރާގުގެ އަމާޒަކީ ޑިޖިޓަލް ގޮތުން ކުރިއަރަމުން އަންނަ ޒަމާނެއްގައި، އުނގެނުމަށް
ބެނުންވާ އޭ.އައި ވަސީލަތްތަކުން ފެށިގެން ހައި-ސްޕީޑް އިންޓަރނެޓް ފަދަ ޑިޖިޓަލް
ހިދުމަތްތަކުގެ އެހީގައި ދަރިވަރުންނަށް ތައުލީމީ ގޮތުން، އެކި ދާއިރާތަކުން އަދި
އުފެއްދުންތެރިކަމުގެ ގޮތުން ކުރިއަރައި ދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އަދި އައިސިކް މޯލްޑިވްސްގެ
ފަރާތުން މި އިވެންޓްގައި ވާހަކަދައްކަވަމުން އިލްޔާސް ހަނީފް ވިދާޅުވިގޮތުގައި، ފެނިގެންދަނީ
ދިރާގުން ދަރިވަރުން ކުރިއެރުވުމަށް ދޭ އަހަންމިއްޔަތުކަމަށާއި، އަދި ދިރާގާއި
އައިސިކް މޯލްޑިވްސްއާ ދެމެދު އޮތް ޕަރޓްނަރޝިޕްގެ ދަށުން ދަރިވަރުންނަށް އަގުހުރި
އަދި ބޭނުންތެރި ފައިދާތައް ފޯރުކޮށްދިނުމަށް ދޭ އެއްބާރުލުން ފާހަގަކޮށް
ޝުކުރުދަންނަވާކަމަށެވެ.
ދިރާގުން ދަނީ ދިވެހި
ޒުވާނުންނާއި ކިޔަވާ ކުދިންނަށް، ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން
ހާއްސަ އޮފަރތަކާއި ތަޖުރިބާތައް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް
ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް