މި ހެކަތޮން ކުރިއަށްދަނީ 28 ސެޕްޓެމްބަރ 2025 އިން 7 އޮކްޓޯބަރު 2025 އަށް - ފޮޓޯ: ދިރާގު
އީ-ވޭސްޓް ހެކަތޯންގެ ބޭއްވުމަށް އެމްއެންޔޫއާ އެކު
ދިރާގުން ބައިވެރިވެއްޖެއެވެ.
މި ހެކަތޯންގެ މަގުސަދަކީ ރާއްޖެއަށް ދިމާވެފައިވާ އީ-ވޭސްޓްގެ
މައްސަލަ ހައްލުކުރުމަށް ޒުވާނުން ހޭލުންތެރިކުރުވުމެވެ.
28 ސެޕްޓެމްބަރ 2025 އިން 7 އޮކްޓޯބަރު 2025 އަށް ކުރިއަށްދާ މި
ހެކަތޯންގައި ދަރިވަރުންނާއި، އުފެއްދުންތެރި ޒުވާނުން އަދި ތިމާވެށި ހިމާޔަތް ކުރުމަށް
ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް އީ-ވޭސްޓް މަދުކުރެވޭނެ ގޮތްގޮތާމެދު
މަޝްވަރާކުރެވޭނެކަމުގައި ދިރާގުން ބުނެއެވެ.
މި ހެކަތޯން އަމާޒުކުރެވިފައިވަނީ ސާނަވީ ތައުލީމު ހާސިލުކުރަމުންދާ
ދަރިވަރުންނަށާއި، ކޮލެޖް އަދި ޔުނިވަރސިޓީ ދަރިވަރުންނަށެވެ.
ދިރާގުން ބުނެފައިވާގޮތުގައި އީ-ވޭސްޓް އަކީ އުކާލެވޭ
ކަރަންޓު ނުވަތަ އިލެކްޓްރޯނިކް އާލާތްތަކަށް ކިޔާ ނަމެކެވެ. މީގެ ތެރޭގައި އުކާލެވޭ ކޮމްޕިއުޓަރާއި، ފޯނު،ޓީވީ، ފްރިޖު، ބެޓެރީ އަދި
އެހެނިހެން އިލެކްޓްރޯނިކް ސާމާނުތައް ހިމެނެއެވެ. އީ-ވޭސްޓްއަކީ މިހާރު ދިމާވެފައިވާ
އެންމެ ބޮޑު އަދި އަލަށް ކުރިމަތިވަމުން އަންނަ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން
އެއް މައްސަލައެވެ. އަދި އީ-ވޭސްޓް ހެކަތޯން ގެ މަގްސަދަކީ މި މައްސަލައަށް ހާއްސަ
ސަމާލުކަމެއް ގެނައުމާއެކު، ޒުވާނުން މި މައްސަލައަށް އައު އަދި އަދި އުފެއްދުންތެރި
ހައްލުތައް ހޯދުމަށް ބާރުއެޅުމެވެ.
"އިނޮވޭޓިން ފޯ އަ ސާކިއުލަރ އިކޮނޮމީ:
ޓެކްލިންގ ދަ އީ-ވޭސްޓް ކްރައިސިސް" ތީމްގެ ދަށުން ކުރިއަށްގެންދާ މި ހެކަތޯންގައި
އީ-ވޭސްޓް ބޭނުންކޮށްގެން އެހެން ތަކެތި އުފެއްދޭނެގޮތްގޮތާއި، ދެމެހެއްޓިނިވި ގޮތެއްގައި
ކުނި ނައްތާލެވޭނެ ގޮތްގޮތާމެދު މަޝްވަރާކުރުމަށްފަހު ހައްލުތައް ހޯދުމަށް ބައިވެރިންނާ
ހަވާލުކުރެވޭނެއެވެ. އަދި، މި މައްސަލަތަކަށް ހައްލުތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް
ކަމާބެހޭ މާހިރުންނާއެކު ވޯކްޝޮޕްތައް ހިންގައި، އެ ފަރާތްތަކުން އިރުޝާދު ފޯރުކޮށްދޭނެއެވެ.
އަދި، މި ހައްލުތައް ޖަޖުންގެ ޕެނަލްއަށް ހުށަހެޅުމުގެ ކުރިން، ކުނި މެނޭޖްކުރާ ތަންތަނާއި
ރީސައިކަލް ސެންޓަރުތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ހެކަތޯންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް
25 ސެޕްޓެމްބަރ 2025ގެ ކުރިން މި ކަމަށް ހާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓަރީކުރުމުގެ
ފުރުސަތު ވަނީ ހުޅުވައިލައިފައެވެ https://forms.gle/ZXKK3kCpzvEf6yR17
ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް، ޑިޖިޓަލް އިޖާދުތަކާއި
ސަސްޓައިނަބިލިޓީ ކުރިއެރުވުމަށް ހިންގާ މި ފަދަ މުހިންމު ޕްރޮގްރާމްތަކަށް އެކި ގޮތްގޮތުން
އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް