އިރާނުން ނަތަންޔާހޫގެ ފިރިހެން ދަރިއަކު މަރާލުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކޮށްފި

އިސްތިއުމާރީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފިރިހެން ދަރީންގެ ތެރެއިން އެކަކު މެރުމަށް އީރާނުން ރޭވި ކަމަށް ތުހުމަތުކޮށްފިއެވެ. އިސްރާއީލުގެ ޗެނެލް 14 އަށް ފޯނުން ދިން ބަސްދީގަތުމެއްގައ...

24 Aug 2026 | 18:45
ބެންޖަމިން ތަނަންޔާހޫ --

ބެންޖަމިން ތަނަންޔާހޫ --

އިސްތިއުމާރީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފިރިހެން ދަރީންގެ ތެރެއިން އެކަކު މެރުމަށް އީރާނުން ރޭވި ކަމަށް ތުހުމަތުކޮށްފިއެވެ.

އިސްރާއީލުގެ ޗެނެލް 14 އަށް ފޯނުން ދިން ބަސްދީގަތުމެއްގައި ނަތަންޔާހޫ ބުނީ އޭނާގެ ދަރިއަކު މެރުމަށް އީރާނުން ރާވާފާނެ ކަމަށް ގަބޫލު ކުރަން ދަތިވި ކަމަށެވެ. ނަމަވެސް އެ ދަރިފުޅު މަރަން އީރާނުން މަސައްކަތް ކުރި ކަމަށެވެ.

އެއީ ކޮން ފިރިހެން ދަރިއެއް ކަމެއް ހާމައެއް ނުކުރެ އެވެ. ނަތަންޔާހޫގެ ތިން ދަރިން ތިބެެ އެވެ. އެއީ ދެ ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.

ނަތަންޔާހޫގެ ބަސް ޢާންމުވުމާ އެކު އިސްރާއީލުގެ ކުރީގެ އަސްކަރީ ވެރިޔާ ގާދީ އައިޒެންކޮޓަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދެކޮޅު ހެދި ވާހަކަ ފެންމަތިވިއެވެ. ނަތަންޔާހޫ ބުނީ ރެއާ ދުވާލު އައިޒެންކޮޓަށް ސެކިއުރިޓީ ފޯރުކޮށްދީފި ނަމަ އިރާނު މީހުން ކާމިޔާބު ކުރާނެ ކަމަށެވެ.

އައިޒެންކޮޓަށް ސެކިއުރިޓީ ފޯރުކޮށްދޭން ދެކޮޅު ހެދި އިރު އެއީ އަންނަ އޮކްޓޫބަރު 27 ގައި ބާއްވާ އިންތިޚާބުގައި ނަތަންޔާހޫއާ ވާދަކުރާ ކެންޑިޑޭޓެވެ.

ނަތަންޔާހޫގެ ދޮށީ ފިރިހެން ދަރި ޔައިރް ނަތަންޔާހޫ ދަނީ 2024 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އެމެރިކާގެ މިއާމީގައި އިޒްރޭލު އަސްކަރީ ހިމާޔަތުގައި އުޅެމުންނެވެ.

ޔައިރް އެ ޤައުމުގައި ހުރުމުން ސެކިއުރިޓީ ޚަރަދު ޓެކްސް ފައިސާއިން ހޭދަވާތީ އިޒްރޭލުގައި ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. އަދި އެމެރިކާގެ ސައުތު ފްލޮރިޑާގެ ބައެއް ރައްޔިތުން ވެސް އޭނާ ހުރުމުން އެ ސަރަޙައްދު ހަމަލާގެ އަމާޒަކަށް ވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ނަތަންޔާހޫގެ ދެވަނަ ފިރިހެން ދަރި އަވްނާ ނަތަންޔާހޫ އުޅެނީ ޢާންމު ސަމާލުކަމުން ދުރުގައި އިޒްރޭލުގައި އެވެ

އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ހަ މަސްވާން ގާތްވެފައިވާ އިރު ވަރުގަދަ ހަމަލާ ބަދަލުކުރުންތައް މަޑުޖެހުނު ނަމަވެސް ހަނގުރާމަ ހުއްޓައިލުމުގެ ޑިޕްލޮމެޓިކް މަސައްކަތް ވަނީ ހުއްޓިފައެވެ. ސްޓްރެއިޓް އޮފް ހޮރްމޫޒް ތެރެއިން ތެލާއި ބައެއް މުދާ އުފުލުމަށް ހުރަސް އެޅިފައި އޮތުމުން ހަކަތައިގެ އަގު ދުނިޔޭގައި އުފުލިފައި އޮތް ޙާލަތު ދެމިއޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް