ބައްސާމް އަނެއްކާވެސް ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފި

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަލީ ޖަލީލު އަނެއްކާވެސް ވަގުތީގޮތުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ. އެފްއޭއެމަށް ފީފާއިނ...

24 Aug 2026 | 18:24
ބައްސާމް އަލީ ޖަލީލް -- ފޮޓޯ: އެފްއޭއެމް

ބައްސާމް އަލީ ޖަލީލް -- ފޮޓޯ: އެފްއޭއެމް

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަލީ ޖަލީލު އަނެއްކާވެސް ވަގުތީގޮތުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރާއި އިތުރު 10،000 ޑޮލަރަށް ހިޔާނާތްތެރިވުމާއި، އަދި އެ ފައިސާ ލޯންޑާކުރުމުގެ ކުށް ސާބިތުވެ، ބައްސާމް ގެންދަނީ 23 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.

ކަރެންޝަންސްގެ މީޑިއާ އޮފިޝަލް މިރޭ މީޑިއާގައި ވިދާޅުވީ ބައްސާމްގެ ސިއްހީ ހާލަތާ ގުޅިގެން މެޑިކަލް ބޯޑުގެ ލަފަޔާ އެކު ވަގުތީ ގޮތުން އޭނާ ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ބައްސާމް މީގެ ކުރިން ވެސް ގޭ ބަންދަށް ބަދަލުކުރީ ސިއްހީ މައްސަލައެއްގަ އެވެ. އެ ފަހަރު އޭނާ ގޭ ބަންދަށް ބަދަލުކުރީ ނޭފަތުގެ ސާޖަރީއެއް ކުރުމަށް ފަހު ރިކަވަރީ މުއްދަތުގައި ހިރަފުހާ ދުރުގައި އުޅުމަށް ޑޮކްޓަރު ލިޔުމުން އަންގާފައި ވާތީ އެވެ.

އެ ސާޖަރީއަށް ފަހު ދޭ ފަރުވާ ޖަލުގައި ބަހައްޓައިގެން އަވަސްކޮށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުމާ އެކު އޭނާ އަލުން ޖަލަށް ބަދަލުކުރީ މިދިޔަ މާޗު މަހު 16 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް