އެކްސިޑެންޓުވުމުން ފިލި ދޯނި މަހެއް ފަހުން ހޯދައި، ކެޕްޓަންގެ ލައިސެންސް ހިފަހައްޓައިފި

ލޯންޗަކާއި ޖެހި އެކްސިޑެންވުމުން ފިލި ދޯނި މަހެއް ފަހުން ފުލުހުން ހޯދައިފި އެވެ. އެ އެކްސިޑެންޓު ހިނގީ ހިންމަފުއްޓާއި މާލެ އާއި ދެމެދު ދަތުރު ކުރާ ފެރީ ލޯންޗެއް ކަމަށްވާ "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗ...

24 Aug 2026 | 15:33
ދޯންޏާއި ޖެހި އެކްސިޑެންޓުވި ލޯންޗު ހަލާކުވެފައި -- ފޮޓޯ: މެރިން ޕޮލިސް

ދޯންޏާއި ޖެހި އެކްސިޑެންޓުވި ލޯންޗު ހަލާކުވެފައި -- ފޮޓޯ: މެރިން ޕޮލިސް

ލޯންޗަކާއި ޖެހި އެކްސިޑެންވުމުން ފިލި ދޯނި މަހެއް ފަހުން ފުލުހުން ހޯދައިފި އެވެ.

އެ އެކްސިޑެންޓު ހިނގީ ހިންމަފުއްޓާއި މާލެ އާއި ދެމެދު ދަތުރު ކުރާ ފެރީ ލޯންޗެއް ކަމަށްވާ "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އެވެ. ހާދިސާ ހިނގިކަން އެނގުނީ އެކްސިޑެންޓަށް ފަހު ލޯންޗު މާލޭ އިއްޒުއްދީން ފާލަން ކައިރިއަށް ގާތް ކުރުމަށް ފަހު ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ.

ފުލުހުން މިއަދު ބުނީ އެ ދޯނި ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 5:52 އެހައިކަންހާއިރު ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވާ ކަމަށެވެ. ފުލުހުން ވަނީ އެ ދޯންޏަށް އަރައި ބަލާ ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައި އެވެ.

އަދި ދޯނީގެ ކެޕްޓަނާއި ސުވާލުކޮށް ތަހުގީގީ މަރުހަލާގެ ތެރެއިން އޭނާގެ ލައިސެންސް ހިފަހައްޓަފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންގެ އިތުރަށް ތަހުގީގު ކުރަމުންގެންދާ ކަމަށް ވެސް އެ ޚިދުމަތުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ލޯންޗުން ދަތުރު ކުރި ފަސް މީހަކަށް އަނިޔާވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް