ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޝިއުރީ އިސްތިއުފާދެއްވައިފި

ވިސިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވައިފި އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދ...

24 Aug 2026 | 15:15
އިބްރާހިމް ޝިއުރީ -- ފޮޓޯ: ވިސިޓް މޯލްޑިވްސް

އިބްރާހިމް ޝިއުރީ -- ފޮޓޯ: ވިސިޓް މޯލްޑިވްސް

ވިސިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޝިއުރީ ވަނީ އެ އޮފީހުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާފައި އެވެ.

ކުރިން އެމްއެމްޕީއާރުސީގެ ނަމުގައި ހިންގި ވިސިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރަކަށް ޝިއުރީ އައްޔަން ކުރެއްވީ 2024 ވަނަ އަހަރު އެވެ.

ޝިއުރީއަކީ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޕަބްލިކް ރިލޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ ކުރިން މުހިންމު ބޮޑެތި ޕްރޮޖެކްޓުތަކެއްގައި ޝިއުރީ މަސައްކަތް ކުރައްވާފައިވެ އެވެ. އަދި ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިއެއްގެ އިތުރުން އޭނާ ވަނީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމު އަދާ ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް