ފޭދޫ ސްކޫލްގައި ކުރިޔަށްދާ ކެޑޭޓް ކޭމްޕް -- ފޮޓޯ: ސީނު އެޓޯލް ސްކޫލް
އައްޑޫ ސިޓީ ފޭދޫ ސްކޫލްގައި މިހާރު ކުރިޔަށްދާ ބޭސިކް ކެޑޭޓް ކޭމްޕްގެ ތެރެއިން ކާނާ ވިހަވެގެން ގިނަ އަދަދެއްގެ ކުދިންނަށް ފަރުވާ ދެމުން އެބަދެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނާ ވިހަވެގެން ފަރުވާ ދެމުންދަނީ 31 ކުއްޖަކަށެވެ.
އޭގެ ތެރެއިން 12 ކުއްޖަކަށް ފޭދޫ ސިއްހީ މަރުކަޒުގައި އަދި އަނެއް 12 ކުދިންނަށް މަރަދޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން ހަތް ކުއްޖަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ކާނާ ވިހަވެގެން އެ ކުދިން ހޮޑުލައި، ބޭރަށް ހިންގުމުގެ އިތުރުން ބަނޑުގައި ރިއްސި ކަމަށްވެ އެވެ. ކުދިންގެ ހާލު ސީރިއަސް ނޫން ނަމަވެސް އެ ކުދިން ތިބީ އޮބްޒަވޭޝަންގައި އެވެ.
އެ ކޭމްޕަށް ކެއުން ފޯރުކޮށްދިން ފަރާތެއް އަދި ނޭނގެ އެވެ. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނީ އެ ހާދިސާ އެ ކޮމިޝަނުގެ ސަމާލު ކަމަށް އައިސްފައިވާތީ ކަން ހިނގާފައިވާގޮތް ބަލަމުންދާ ކަމަށެވެ.
ސީނު އެޓޯލް ސްކޫލުން އިންތިޒާމް ކޮށްގެން ފޭދޫ ސްކޫލްގައި ކުރިޔަށްދާ ކޭމްޕު ފެށުނީ 106 ކުދިންނާއި އެކު މިދިޔަ ހޮނިހިރު ދުވަހު އެވެ.
މި ކޭމްޕުގައި އެ ދެ ސްކޫލްގެ އިތުރުން ފުވައްމުލަކު ސިޓީގެ ދެ ސްކޫލް ކަމަށްވާ ހާފިޒް އަހުމަދު ސްކޫލާއި މުހައްމަދު ޖަމާލުއްދީން ސްކޫލްގެ ކެޑޭޓުންނާއި ބޭންޑުން ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް