ބޭންކުތަކުގައި ހުރި ބޭރު ފައިސާ ޑިޕޮސިޓް 19 އިންސައްތަ އިތުރުވެއްޖެ

ބޭންކުތަކުގައި ހުރި ފައިސާގެ ޑިޕޮސިޓަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފި އެވެ. އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޭންކުތަކުގައި ހުރި ބޭރު ފައި...

24 Aug 2026 | 04:30
އެމްއެމްއޭ -- ދުވަސް ފޮޓޯ

އެމްއެމްއޭ -- ދުވަސް ފޮޓޯ

ބޭންކުތަކުގައި ހުރި ފައިސާގެ ޑިޕޮސިޓަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޭންކުތަކުގައި ހުރި ބޭރު ފައިސާގެ ޑިޕޮސިޓަށް 19 އިންސައްތަ އަދި ދިވެހި ރުފިޔާ ޑިޕޮސިޓް އަހަރުން އަހަރަށް 25 އިންސައްތައިން، އިތުރުވެފައިވާ ކަމަށެވެ.

ނޫސް ބަޔާނުގައި ބުނީ، 2020 ވަނަ އަހަރުން ފެށިގެން ދިވެހި ރުފިޔާ ޑިޕޮސިޓް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ޖޫން 2026 ގެ ނިޔަލަށް މި ޑިޕޮސިޓް އަހަރުން އަހަރަށް 25 އިންސައްތައިން އިތުރުވެފައިވެއެވެ.

ބޭރު ފައިސާގެ ޑިޕޮސިޓަށް ބަލާއިރު، 2024 ވަނަ އަހަރު ނެގެޓިވް ވެފައި ހުރުމަށްފަހު، 2025 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ރަނގަޅުވަމުން ގޮސް، ޖޫން 2026 ގައި 19 އިންސައްތައަށް އިތުރުވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް