މާލޭގައި ގޭސްފުޅިއެއް ގޮވައި، ހަތަރު މީހަކު ފިހިއްޖެ، ދެ މީހެއްގެ ހާލު ސީރިއަސް

މާލޭ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު މީހަކު ފިހިއްޖެ އެވެ. ފުލުހުން ބުނީ މއ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓ...

24 Aug 2026 | 03:42
ފޮޓޯ: އެންޑީއެމްއޭ

ފޮޓޯ: އެންޑީއެމްއޭ

މާލޭ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު މީހަކު ފިހިއްޖެ އެވެ.

ފުލުހުން ބުނީ މއ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބުނީ ފަތިހު 5:27 އެހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވީ ހަތަރު ބިދޭސީންނަށެވެ. އެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ އިރު އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

މިހާދިސާގައި އަނިޔާވީ ބަންގްލަދޭޝް ދެމީހަކަށާއި އިންޑިއާ ދެމީހުންނަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭސްފުޅި ގޮވި ގޭގައި 15 މީހުން ދިރިއުޅެ އެވެ. ގޭސްފުޅި ގޮވުމުގެ ސަބަބުން ހަނި ގޯޅިއެއްގެ ތެރޭގައި ހުރި އެ އިމާރާތުގައި އަލިފާން ރޯވެ ފާރެއް ވަނީ ވެއްޓިފައި އެވެ.

އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ/

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް