N/A
މި
އަހަރުގެ ރަމަޟާން މަހަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ މިރޭ ބަހަން ފަށާނެއެވެ. ކުރީ
އަހަރެކޭވެސް އެއްފަދައިން މި އަހަރުވެސް ދޭން ނިންމާފައިވަނީ ކޮންމެ ގޭބިސީއަކަށް
މަސްދަޅު ކޭހެކެވެ.
މިކަމުގެ
އެންމެ ފަހުގެ އަދާހަމަ ހިއްސާކުރަމުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް
ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ބުނެފައިވަނީ ރޯދަހަދިޔާ މަސްދަޅުކޭސް
ދޫކުރުމަށް ޚާއްޞަ ކުރެވިވިފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށާއި މަސްދަޅުކޭސް
ލިބިގަތުމަށް ޓޯކަންނެގުމުގެ ފުރުޞަތު 22 ޖަނަވަރީ 12:00 އިން ފެށިގެން ހުޅުވާލާފައިވާކަމަށެވެ.
"ޓޯކަން
ދޫކުރާނީ ހަމައެކަނި ޕޯޓަލް މެދުވެރިކޮށް. ޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނީ 18
އަހަރުވެފައިވާ ފަރާތްތަކަށް، ޕޯޓަލްގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތުތައް
ފުރިހަމަ ކުރުމުން" އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެ
މިނިސްޓްރީން މިއަދު ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލައިލާއިރު މާލޭގެ ހަތަރު
ސަރަހައްދަކުން، ހުޅުމާލޭގެ ހަ ސަރަހައްދަކުން އަދި ވިލިމާލޭގެ އެއް
ސަރަހައްދަކުން މިރެއިން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ރޭ
08:30 އިން 11:00 އަށް ރޯދަ ހަދިޔާ ބެހުން ކުރިއަށްދާނެއެވެ.
މާލޭގައި
ރޯދަ ހަދިޔާ ބަހަން ނިންމާފައިވާ ސަރަހައްދުތަކަކީ:
- ހެންވޭރު
ބޯޅަދަނޑު
- ގަލޮޅު
ބޯޅަދަނޑު
- މިފްކޯ
މަރުކަޒު
- ސޯޝަލް
ސެންޓަރު
- އެމްޓީސީސީ
ޝޯމިލް
ހުޅުމާލޭގައި
ރޯދަ ހަދިޔާ ބަހަން ނިންމާފައިވާ ސަރަހައްދަކުތަކަކީ:
- މުހައްމަދު
ގާސިމް ޕްރީ ސްކޫލް – ހުޅުމާލޭ ފުރަތަމަ ފިޔަވަހި
- ޕޮލްކޯ ޓަވަރު
– ހުޅުމާލޭ ފުރަތަމަ ފިޔަވަހި
- އުމަރު
ޒާހިރު ބިލްޑިންގް – ހުޅުމާލޭ ފުރަތަމަ ފިޔަވަހި
- ކާމިލު
ދީދީ ސްކޫލް – ހުޅުމާލޭ ދެވަނަ ފިޔަވަހި
- އެމްޕީއެލް
ޓަވަރު ޕީ - ހުޅުމާލޭ ދެވަނަ ފިޔަވަހި
- ހިޔާ
ޓަވަރު 10 – ހުޅުމާލޭ ދެވަނަ ފިޔަވަހި
ވިލިމާލޭގައި
ރޯދަ ހަދިޔާ ބަހަން ނިންމާފައިވާ ސަރަހައްދަކީ ވިލިމާލެ ވެމްކޯ ސައިޓެވެ.
ވަޒީރު
އާދަމް ޝަރީފް އުމަރު ބުރާސްފަތި ދުވަހު ވިދާޅުވެފައިވާގޮތުގައި ކިއުގައި ނުޖެހި،
ޕޯޓަލް http://roadhahadhiya.mv އިން ޓޯކަން ނެގޭނެއެވެ.
މުޅި
ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ބޭނުންވާ 118673 މަސްދަޅު ކޭސް މިހާރު ވަނީ ތައްޔާރު
ކުރެވިފައި ކަމަށާއި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ
ކަމުގައިވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް