ފްލައި ދުބާއީގެ ފްލައިޓެއް --
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއޭއައި)އަށް އައި ފްލައި ދުބާއީގެ ފްލައިޓު އެމަޖެންސީގައި ޖެއްސީ ވައިގެ ތެރޭގައި އޮވެ މައްސަލަ ހައްލުކޮށްގެން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވީ ވީއައިއޭއަށް ޖައްސަން ގާތްވެފައި ވަނިކޮށެވެ. ދިމާވި ޓެކްނިކަލް މައްސަލަ މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖައްސަން ވަގުތު ކުޑަތަންވެފައި ވަނިކޮށް ދިމާވި އެ މައްސަލަ ހައްލު ކުރުމަށް ފްލައިޓު ވައިގެ ތެރޭގައި 45 މިނެޓު އޮތެވެ. ވައިގެ ތެރޭގައި ފްލައިޓު އޮތީ "ހޯލްޑިން ޕެޓާން" އެއްގައި މަޑުކޮށްގެންނެވެ.
މައްސަލަ ހައްލުވުމާ އެކު، ބޯޓު ވަނީ ރައްކާތެރިކަމާ އެކު ވީއައިއޭއަށް ޖައްސާފައި އެވެ. ފްލައިޓު ރަންވޭއަށް ޖައްސާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައި އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ނުލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް