N/A
މާލެތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާ އެކު 46 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު މީނާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލާ ފާސްކުރި ކަމަށެވެ. ބަލާ ފާސްކުރިއިރު މީނާ ލައިގެން ހުރި ހަރުވާޅުގެ ވާތް ފަރާތު ކުރިމަތީ ޖީބުން ފެނުނު ޓިޝޫ ކޮޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އެއް ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީނާގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އޭއެމްޕީ އާއި އޯޕީއައި އާއި ބެންޒޯ އަދި ސީއޭޓީ, މި ހަތަރު ބާވަތަކަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މީނާ ހައްޔަރުކޮށްފައިވަނީ ޤާނޫނީ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ. މީނާ އަކީ ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހީމެވެ. މީނާ ވަނީ މަސްތުވާތަކެތި ބޭނުންކުރެވޭ ކަމަށާއި އެ ކަމަށް ފަރުވާ ބޭނުންވާ ކަމަށް ބުނެފައެވެ. ކޯޓުން ވަނީ މީނާ ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް