އާޒިމާ ޝަކޫރު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް ކުރީޣެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު އައްޔަން ކުރައްވައިފި އެވެ.
އޭނާ އެ މަގާމަށް ހަމަޖެއްސެވިކަން ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ. އާޒިމާ ވަޒީފާއަށް ނުކުންނަވަން ފަށާފައިވަނީ މިއަދު އެވެ.
އެމަގާމަށް އައްޔަން ކުރެއްވި އިރު އާޒިމާއަކީ ރައީސްގެ އާއިލީ ގާނޫނީ ވަކީލެވެ. އާޒިމާ ވަނީ މި ފަހުން ދެ މައްސަލައެއްގައި ރައީސްގެ އާއިލީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި އެވެ.
ދެހާސްތޭވީސް ވަނަ އަހަރު ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި އާޒިމާ ވަނީ އެ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންފައެވެ.
ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ އައްޔަންކުރެއްވިއިރު، އޭނާގެ މައްޗަށް މީގެ ކުރިން އުފުލި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ މި ސަރުކާރުގައި ވަނީ އަނބުރާ ނަގައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް