މީހަކު ފަރުބަދަެއްގެ މަތީގައި ހުރެގެން ފޮޓޯއެއް ނަގަނީ --
އިންޑިއާގެ މަހާރާޝްޓްރާގެ ޗަތްރަޕަތީ ސަމްބާޖީނަގަރު ޑިސްޓްރިކްޓުގެ ޚަވްދާ ފަރުބަދައިން ހުކުރު ދުވަހު 18 އަހަރުގެ ޒުވާނަކާއި އެ ޒުވާނާގެ މައިންބަފައިން ވެއްޓި ތިން މީހުން މަރުވެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ 18 އަހަރުގެ ފިރިހެން ދަރިފުޅު ލޯނެއް ނަގައިގެން ގަތް އައިފޯނަކަށް ލާރި ނުދެއްކިގެން މަންމަމެންގެ އަތުން ފައިސާ ހޯދަން އުޅުމެވެ. ގޭގައި އާދޭސްކޮށް ޒުވާބުކޮށް ހެދުމުންވެސް މަންމަ އާއި ބައްޕަ އެކަމަށް އެއްބަސް ނުވުމުން އޭނާ ފަރުބަދަ މައްޗަށް ދިޔައީ ކަމަށްވެ އެވެ.
އެ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 10 ޖެހި އިރު ދެވްލާއީ ސަރަޙައްދުގައި ދިރިއުޅޭ އެ ޒުވާނާ ފަރުބަދައިގެ އެންމެ ކައިރިއަށް ގޮސް ފުންމައިލާނެ ކަމުގެ އިންޒާރު ދޭން ފެށި އެވެ. އެ ހިސާބުން ގާތްގަނޑަކަށް ތިން ގަޑިއިރު ވާންދެން އެ ޒުވާނާގެ މައިންބަފައިންނާއި އެ ހިސާބުގެ ރައްޔިތުންނާއި ފުލުހުން ވެސް އޭނާ އެ ތަނުން ދުރަށް ގެންދިއުމަށް މަސައްކަތްކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ މީހުން އޭނާގެ މުސްތަޤްބަލާއި މައިންބަފައިންނާ މެދު ވިސްނައިދިނެވެ. ނަމަވެސް ޒުވާނާ އެއްބާރުލުން ނުދޭ ކަމަށްވެ އެވެ.
މި ހާދިސާގައި 20 ވަރަކަށް މިނެޓުވަންދެން ތިރީގައި ހުރެ އާދޭސް ކުރުމުންވެސް އެ ޒުވާނާ ބައްޕަގެ ބަސް ގަބޫލު ނުކުރުމުން އޭނާ ހިފަހައްޓަން ބައްޕަ އެރިވަގުތު ދެބަފައިންގެ ފައި ހަމަނުޖެހި އަރިއަޅާލައިގެންވެއްޓި ފުރަތަމަ މަރުވީ އެ ދެބަފައިންނެވެ. ބިރުވެރިކަމުގެ ތެރޭގައި މަންމަ ވެސް އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ވެއްޓުނެވެ.
ތިން މީހުން ވެސް ވަނީ މަރުވެފައެވެ.
މި ހާދިސާ ހިނގި މަންޒަރު ދުށް މީހުން ބުނީ މައިންފައިންނާއި އެހެން މީހުން ވެސް ވަރަށް ބޮޑަށް ވިސްނައިދިނެވެ. ނަމަވެސް އޭނާ އެ ވާހަކަ ޤަބޫލު ނުކުރާ ކަމަށެވެ. އެ އާއިލާ ފަރުބަދަމަތިން ވެއްޓި މަރުވީ ތިން ގަޑިއިރެއްހާއިރު އެތަނުގައި މުއާމަލާތް ކުރުމަށް ފަހު ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް