ހުޅުމާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ ނައިފަރު ދެ މީހުން ހައްޔަރު ކޮށްފި

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރު ކޮށްފި އެވެ. އެމީހުން ހައްޔަރު ކުރީ ފޭސް އެކެއްްގެ ލަކުޑި ޖެޓީ ސަރަހައްދުންނެވެ. އެމީހުން ހައްޔަރު ކުރީ ޕެޓްރޯލް ކުރަން އުޅުނު ފ...

23 Aug 2026 | 06:23
ހައްޔަރު ކުރި ދެ މީހުން -- ފޮޓޯ: ޕޮލިސް

ހައްޔަރު ކުރި ދެ މީހުން -- ފޮޓޯ: ޕޮލިސް

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރު ކޮށްފި އެވެ.

އެމީހުން ހައްޔަރު ކުރީ ފޭސް އެކެއްްގެ ލަކުޑި ޖެޓީ ސަރަހައްދުންނެވެ. އެމީހުން ހައްޔަރު ކުރީ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް އެމީހުންގެ އަމަލުތައް ޝައްކު އުފެދޭ ގޮތަކަށް ހުރުމުން ބަލާ ފާސް ކުރުމަށް ފަހު އެވެ.

ފުލުހުން ބުނީ މި މައްސަލައިގަ ހައްޔަރު ކުރީ  ޢުމުރުން 32 އަހަރުގެ މުޙައްމަދު މުބާރިކް، ރާނީވިލާ / ޅ. ނައިފަރު އާއި 23 އަހަރުގެ ޙަސަން ޤާސިމް ސައިލުގެ / ޅ. ނައިފަރު ކަމަށެވެ.

އެ ދެ މީހުން ތިބި ސަރަހައްދާއި ގެންގުޅުނު ތަކެތި ބަލައިފާސްކުރުމުން 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު މުބާރިކް 15 ދުވަހަށް އަދި ޙަސަން ޤާސިމް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް