ހަސީނާ ފޮނުވުމުގެ މައްސަލައިގަ ބަންގްލަދޭޝްއާ އެއްގަލަކަށް ނޭރި އިންޑިއާގެ ހިތްހަމަނުޖެހިފައި!

ބަންގްލަދޭޝާ ދެމެދު އޮތް ގުޅުން ކާމިޔާބުވާނީ ދެ ފަރާތުގެ މަސްލަޙަތު ބެލެހެއްޓިގެން ކަމަށް ވިދާޅުވެ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ހިތްހަމަ ނުޖެހުން ފަޅު ކުރައްވައިފި އ...

23 Aug 2026 | 04:36
އެސް ޖައިޝަންކަރް --

އެސް ޖައިޝަންކަރް --

ބަންގްލަދޭޝާ ދެމެދު އޮތް ގުޅުން ކާމިޔާބުވާނީ ދެ ފަރާތުގެ މަސްލަޙަތު ބެލެހެއްޓިގެން ކަމަށް ވިދާޅުވެ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ހިތްހަމަ ނުޖެހުން ފަޅު ކުރައްވައިފި އެވެ.

އޭނާ މިހެން ވިދާޅުވީ އިންޑިއާގައި އަރުވާލެވިގެން ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އަނބުރާ ގައުމަށް ފޮނުވުމާއި ބެހޭ ގޮތުން މީޑިއާގައި ކުރި ސުވާލަކަށް ދެއްވި ނުސީދާ ޖަވާބެއްގައި އެވެ. ވެރިކަމުގައިި ހުންނެވި ހިންގެވި ޖަރީމާތަކާއި ގުޅިގެން ހަސީނާއަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ކުރިޔަސް ކޯޓަށް ހާޒިރުވާން އަންނަ ޑިސެމްބަރުގައި ގައުމަށް ވަޑައިގެންނަވާނެ ކަމަށް ހަސީނާ ވަނީ ވިދާޅުވެފައި އެވެ.

އިކޮނޮމިކް ޓައިމްސް ވޯލްޑް ލީޑާޒް ފޯރަމްގައި ވާހަކަ ދައްކަމުން ޖައިޝަންކަރު ވިދާޅުވީ އަވައްޓެރި ގައުމުތަކުގެ ކިބައިން ހަމައެކަނި އިންޑިއާގެ މަސްލަޙަތަށް ފެތޭ ކަންކަން ކުރުމަށް ނޭދޭ ކަމަށެވެ. ނަމަވެސް ދެ ފަރާތުން ވެސް އެއްގަލަކަށް އެރޭ ނުކުތާއެއް ހޯދައިފި ނަމަ ގުޅުން ހަމަޖެހިގެން ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސީނާ ހަވާލުކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ޖައިޝަންކަރު ވިދާޅުވީ ދެ ޤައުމު ދެމެދުގައި ހިނގާ މަޝްވަރާތަކުގެ ތެރެއަށް ވަންނަން ބޭނުން ނޫން ކަމަށެވެ. "ކޮންމެ ގުޅުމެއް ވެސް ކާމިޔާބުވާނީ ދެ ފަރާތުގެ މަސްލަޙަތުގެ ހަމައިން ބަލާ ކަމުގައި ވާ ނަމަ ކަމަށެވެ.

އިންޑިއާއިން ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ތޯރިގް ރަހްމާން އެގައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތުވެސް ދެއްވާފައި އެވެ. މިދިޔަ ހަފްތާގައި ކުރަން ހަމަޖެހިފައި އޮތް އެ ދަތުރު ފަހު ވަގުތު ބަންގްލަދޭޝްއިން ކެންސަލް ކުރީ ކަމަށް މީޑީއާގައި ރިޕޯޓުކޮށްފައިވެ އެވެ. އެ އެ ދަތުރުފުޅު އަންނަ މަހުގެ ކުރީކޮޅު ކުރައްވާނެ ކަމަށް އަނގްާފައިވެ އެވެ.

ހަސީނާ އެނބުރި ގައުމަށް ވަޑައިގެންނެވުމަށް ނިންމެވިޔަސް އޭނާއަށް އިންޑިއާއިން ފުރެން އޮތީ އިންޑިއާ ސަރުކާޜުގެ ހުއްދަ ލިބިގެންނެވެ. މިހާތަނަށް ނުސީދާ ޖަވާބުތަކެއް ދީ އިންޑިއާ ސަރުކާރުން ހަސީނާ ފޮނުވުމުގެ މައްސަލައިގަ ސީދާ ޖަވާބެއް ދީފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް