ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަ ހޯމް ފައިނޭންސިންގއެއް ބީއެމްއެލް އިން ތަޢާރަފުކޮށްފި

ޑޮލަރުން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ހޯމް ފައިނޭންސިންގ ފެސިލިޓީއެއް ތަޢާރަފުކޮށްފިއެވެ. މި ފެސިލިޓީ ދޫކުރަނީ ...

23 Apr 2026 | 07:47
N/A

N/A

ޑޮލަރުން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ހޯމް ފައިނޭންސިންގ ފެސިލިޓީއެއް ތަޢާރަފުކޮށްފިއެވެ.

މި ފެސިލިޓީ ދޫކުރަނީ އަހަރަކު 7.5 އިންސައްތައިގެ ރޭޓުގައެވެ. ބީއެމްއެލް އިން ބުނީ މިއީ ސަރުކާރުގެ ހިޔާވަހި ފައިނޭންސް ސްކީމް ފިޔަވައި، ބޯހިޔާވަހިކަމަށް ބޭންކަކުން ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށެވެ. މި ފެސިލިޓީއަށް ހުށަހެޅޭނީ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކޮށް ޑޮލަރުން މުސާރަ ލިބޭ ދިވެހީންނަށެވެ. އާމްދަނީ ވަޒަންކުރާ އިރު މުސާރައިގެ އިތުރުން ސަރވިސް ޗާޖު ވެސް ބަލާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ނަމަވެސް އެ އާމްދަނީ ޖަމާވާން ޖެހޭނީ ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ "ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާ އިރު، މިއީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެމީހުންގެ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް" ކަމަށެވެ.

ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ވެސް މި ފެސިލިޓީ ދޫކުރާނެއެވެ. ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ފެސިލިޓީއަށް އެދި ހުށަހެޅޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް