ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރއަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ތިން އަހަރުގެ ސްޕޮންސަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެގްރީމެ...

22 Dec 2025 | 14:49
N/A

N/A

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފުޓްބޯލް

އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ތިން

އަހަރުގެ ސްޕޮންސަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެގްރީމެންޓުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ

ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. އަދި އެފްއޭއެމްގެ ފަރާތުން

ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް އަޙްމަދު ތާރިޤްއެވެ.

މި ޕާޓްނަރޝިޕްގެ ދަށުން ބީއެމްއެލްއަކީ ގައުމީ ފިރިހެން،

އަންހެން، އަދި ޔޫތު ޓީމްތަކުގެ އެކްސްކްލޫސިވް ސްޕޮންސަރއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު

ޝަރީފް ވިދާޅުވީ، އެފްއޭއެމްއާއެކު ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް ރާއްޖޭގެ

ގައުމީ ޓީމުތަކުގެ ރަސްމީ ސްޕޮންސަރއަށް ގައުމީ ބެންކު ހަމަޖެހިގެން ދިޔުމަކީ އެ

ބޭންކަށް ލިބިގެންދާ ފަޚުރެއް ކަމަށެވެ.

"ރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއެރުވުމަށް

އެހީތެރިވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެއް. ގައުމީ ފުޓްބޯޅަ

ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގައި ފުޓުބޯޅަ

ކުރިއަރުވައި، އަންނަން އޮތް ޖީލުތަކާ ހަމައަށް ފުޓްބޯޅައިން އުއްމީދީ ތަސައްވުރެއް

ގެނެސްދިނުން" ޝަރީފް ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް އަޙްމަދު ތާރިޤް (ޓޮމް) ވިދާޅުވީ

ބޭންކް އޮފް މޯލްޑިވްސް އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ އެކު ޕާޓްނަރޝިޕެއް

ގާއިމުކުރަން ނިންމުމަކީ، އެފްއޭއެމްއަށާއި ދިވެހި ފުޓްބޯޅަ އާލާކުރުމަށް ކުރަމުންދާ

މަސައްކަތްތަކަށް ބޭންކުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

"މި ޕާޓްނަރޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ ގައުމީ

ޓީމުތަކަށް އެހީތެރިކަން ލިބުމުގެ އިތުރުން، މުޅި ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި

ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ" ޓޮމް ވިދާޅުވިއެވެ.

ބީއެމްއެލްއަކީ ފުޓްބޯޅައަށް އަބަދުވެސް އެހީތެރިވެދީ

ގިނަ އަހަރުތަކެއްގައި ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސަރކޮށްދީފައިވާ ބެންކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް