ބީއެމްއެލް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކޮށްފިއެވެ. މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި މާލީ މުޢާމަލާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފި...

22 Sep 2025 | 08:52
ޗައިނާ ރާއްޖެ -

ޗައިނާ ރާއްޖެ -

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް

ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކޮށްފިއެވެ.

މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި މާލީ

މުޢާމަލާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކުރުމަށް މިއަދު

ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު،

ހިޒް އެކްސެލެންސީ ކޮންގް ޝިއަންގްވާ، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު

އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ

ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކުރި ޚިދުމަތްތަކުގެ

ތެރޭގައި ހިމެނެނީ:

ޗައިނީސް ޔުއާން އެކައުންޓް : އިންޓަރނެޓް އަދި މޮބައިލް

ބޭންކިންގ އެޕް މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން ކަރަންޓް

އެކައުންޓް ހުޅުވޭ ގޮތް ހަމަޖެއްސުން.

ޗައިނީސް ޔުއާން އިން އިންޓަރނޭޝަނަލް ޓްރާންސްފަރ

(ޓީޓީ) ޚިދުމަތް: ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން އިންޓަރނޭޝަނަލް

ޓްރާންސްފަރ (ޓީޓީ) ފޮނުވުމާއި ޗައިނީސް ޔުއާން އިން ރާއްޖެއަށް ފައިސާ ލިބޭ ގޮތް ހަމަޖެއްސުން.

ލެޓަރ އޮފް ކްރެޑިޓް (އެލްސީ): އިމްޕޯޓް ކުރާ ފަރާތްތަކާއި

އެކްސްޕޯޓް ކުރާ ފަރާތްތަކަށް ޗައިނީސް ޔުއާން އިން އެލްސީ ހެދޭ ގޮތް ހަމަޖެއްސުން.

މީގެ ސަބަބުން ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރީގެ މާލީ މުޢާމަލާތްތައް ކުރަން ފަސޭހަވެގެންދާނެ.

ވީޗެޓް ޕޭ: ބީއެމްއެލްއިން ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ

ވިސާ އަދި މާސްޓަރކާޑު ޑެބިޓްކާޑުތަކާއި ކްރެޑިޓް ކާޑުތައް ވީޗެޓް ޕޭއަށް އެޑްކޮށް

ޗައިނާގެ މަރޗަންޓުންނަށް ފައިސާ ދެއްކޭނެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕޭމަންޓް

ޕްލެޓްފޯމްގައި ދިވެހިންނަށް ފަސޭހައިން ފައިސާގެ މުއާމަލާތް ކުރުމަށް ހުޅުވިގެންދާ

ފުރުސަތެއް. މީގެ އިތުރުން ކަސްޓަމަރުންނަށް ޔޫއެސްޑީ ޑެބިޓް، ޔޫއެސްޑީ ކްރެޑިޓް އަދި

ޓްރެވަލް ކާޑުތައްވެސް ވީޗެޓް ޕޭއަށް އެޑްކުރެވޭނެ.

ވީޗެޓް ވޮލެޓް: ފުރަތަމަ ފަހަރަށް، ކަސްޓަމަރުންނަށް

ވީޗެޓް ވޮލެޓަށް ޗައިނީސް ޔުއާން އިން ފައިސާ ލިބޭ ގޮތް ހަމަޖައްސައި، ވޮލެޓްގައި ހުންނަ

ޗައިނީސް ޔުއާން ބޭނުންކޮށްގެން ޗައިނާގައި ފައިސާ ދެއްކޭނެ. އަދި  ވީޗެޓް ވޮލެޓް މެދުވެރިކޮށް އެހެން ފަރާތްތަކަށް

ޓްރާންސްފަރވެސް ކުރެވޭނެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު

ޝަރީފް ވިދާޅުވީ މިއަދަކީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީކުރުމުގައި ކުރިއަށް އެޅުނު މުހިންމު

ފިޔަވަޅެއް ކަމަށާއި ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދާއި އެންމެ ގިނައިން ބޭނުންކުރާ

އެއް ޕްލެޓްފޯމާ ގުޅުވާލުމުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް

ލިބިގެންދާނެ ކަމަށެވެ.

"މި ޚިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި

މުޖުތަމަޢުއަށް ހަރުދަނާކަމާއެކު ވިޔަފާރިކުރެވި، އަދިފަރުދުންނަށް މިހާތަނަށް ނުލިބޭވަރުގެ

ފަސޭހަތަކެއް ލިބިގެންދާނެ. މިއީ އައު އީޖާދީ ހައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް

އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ރަމްޒެއް" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން

ޔުނިއަންޕޭ ކާޑުތައް ބީއެމްއެލް އިން ދޫކުރަން ފަށާނެ ކަމަށްވެސް މި ރަސްމިއްޔާތުގައި

ވަނީ ހާމަކޮށްފައެވެ. މި ކާޑު ފަރުދުންނަށާއި ވިޔަފާރިތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ކާޑަކީ ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް

ނެޓްވަރކްގައި ބޭނުންކުރެވޭނެ ކާޑެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް