ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ވަނީ ސޮއިކޮށްފައި - ފޮޓޯ: ދިރާގު
ޖީއެމް ފޯރަމް 2025 ގެ ޕްލެޓިނަމް ޕާޓްނަރެއްގެ
ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.
ހޮޓެލިއާ މޯލްޑިވްސް އިން ބާއްވަ މި ފޯރަމްގެ މި އަހަރުގެ
މައުޟޫކަމުގައިވާ 'ޑިޖިޓަލައިޒޭޝަން އެންޑް އެކްސްޕޭންޑިންގ އެކްސްޕީރިއަންސެސް'ގެ
ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި އަންނަމުންދާ ބަދަލުތަކަށް އަލިއަޅުވައިލައި،
އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަތުރުވެރިންނަށް ފޯރުކޮށްދޭ ތަޖުރިބާތައް އިތުރަށް
ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
"ޑިޖިޓަލް ވަސީލަތްތަކާއެކު ފަތުރުވެރިކަމުގެ
ސިނާއަތުގައި ހިދުމަތްތައް ފޯރުކޮށްދޭ ގޮތްތައް ބަދަލުވެ، ފަތުރުވެރިންނަށް ދޭ ހިދުމަތްތައް
އިތުރަށް ހަލުއިކޮށް، އެ ފަތުރުވެރިއަކަށް ހާއްސަ ހިދުމަތްތައް ދިނުމުގެ މަގު ވަނީ
ފަހިވެފައި. މި ގޮތުން، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖެއަށް ޒިޔާރަތްކުރާ
ފަރާތްތަކުގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، މި ސިނާއަތް އިތުރަށް ވަރުގަދަކުރުމުގެ
މަގުސަދުކައި ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ޖީއެމް ފޯރަމްއަށް
އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް"
އަލީ ރިޔާޒް، ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ ވިދާޅުވިއެވެ.
13 އޮކްޓޫބަރު 2025ގައި ބާއްވާ މި ފޯރަމްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ
ދާއިރާގެ އިސް ފަރާތްތަކާއި ލީޑަރުން އެއްތަނަކުން ފެނިގެންދާނެއެވެ. މި ފޯރަމްގައި
ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ ކީނޯޓް ސްޕީޗްތަކާއެކު ޕެނަލް ޑިސްކަޝަންތައް
ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ފަރާތްތައް
އެއްތަނަކުން ބައްދަލުވެ، އެކަކު އަނެކަކާ ގުޅުންބަދަހިކޮށް ހިޔާލު ބަދަލުކުރުމުގެ
ފުރުސަތު ފަހި ވެގެންދާނެއެވެ.
ދިރާގުން ދަނީ ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް
އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް އެންމެ ކުރީސަފުގައި އެއްބާރުލުމާއި އެހީތެރިކަން
ފޯރުކޮށްދީ، މި ދާއިރާގެ މަސައްކަތްތަކަށް ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މުހިންމު
މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް