ތިލަމާލެ ބްރިޖްގެ އެންމެ ފަހު ސެގްމަންޓް ގުޅުވާލަނީ - ފޮޓޯ: ދުވަސް
މާލެއާއި ވިލިމާލެ ގުޅުވައިދޭ ތިލަމާލެ ބްރިޖުގެ މައި އޮނިގަނޑުގެ އެންމެ ފަހު ސެގްމަންޓް މިއަދު ގުޅާލައި ދެ ރަށް ބްރިޖުން ގުޅުވާލައިފިއެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނީ އޮނިގަނޑުގެ މަސައްކަތުގެ ތެރެއިން ނުނިމި އޮތީ ވަރަށް ކުޑަ ތަންކޮޅެއް ކަމަށާއި އެ ބައި މިއަދު ނިންމާލާނެ ކަމަށެވެ.
އޮނިގަނޑު ގުޅާލި ނަމަވެސް ބްރިޖު އެއްކޮށް ނިންމައި ބޭނުންކުރެވޭ ވަރު ވުމަށް އަދި އެތައް މަހެއް ނަގާނެ ކަމަށް ބެލެވެއެވެ. ދެން ކުރިއަށް ދާނީ ރޭލިން ހަރުކުރުން ފަދަ ފިނިޝިން މަސައްކަތްތަކެވެ. އެފްކޮންސް އިން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުގައި މުޅި ބްރިޖު މަޝްރޫއުގެ 75 އިންސައްތައަށް ވުރެ ބޮޑު ބައެއް ވަނީ ފުރިހަމަވެފައެވެ.
މަޝްރޫއު މުޅިން ނިންމާލެވޭ ވަރު ވާނީ އަންނަ އަހަރު ކަމަށް ކޮންސްޓްރަކްޝަން ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވެއެވެ. މީގެ ކުރިން ދީފައިވާ ތާވަލަށް ބަލާ އިރު މާލެއިން ގުޅީފަޅަށް އެޅޭ ބައި ނިމޭ ތާރީހަކީ 31 މާރިޗު 2026 އެވެ. ގުޅީފަޅުން ތިލަފުށީގެ ބައި ނިމޭ ތާރީހަކީ 30 ސެޕްޓެމްބަރު 2026 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް