ފާޒިލް ---
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކުރީގެ ގައުމީ ވޮލީ ކުޅުންތެރިޔާ އަހްމަދު ފާޒިލްހައްޔަރު ކޮށްފި އެވެ.
އޭނާ ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ ރަށް ވ. ކެޔޮދޫއިންނެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފާޒިލް މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ ތަންތަން ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގްރާމުގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފާޒިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފާޒިލަކީ ކުރިން ރާއްޖޭގެ ގައުމީ ވޮލީ ޓީމު ތަމްސީލުކޮށްފައިވާ ކުޅުންތެރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް