އެމްއެންޔޫ އިނޮވޭޝަން ހަބް ބައި ދިރާގު: ރަސްމީކޮށް އިޢުލާނުކޮށް ދިރާގާއި އެމްއެންޔޫ ސްޓްރެޓީޖިކް ޕާޓްނަޝިޕަކަށް

ދަރިވަރުންގެ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ހުނަރު އިތުރުކުރުމުގެ މަގުސަދުގައި "އެމް.އެން.ޔޫ އިނޮވޭޓްހަބް ޕަވަރޑް ބައި ދިރާގު" ތައާރަފު ކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި ދިރާގުން ސްޓްރެޓ...

21 Dec 2025 | 06:42
N/A

N/A

ދަރިވަރުންގެ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ހުނަރު

އިތުރުކުރުމުގެ މަގުސަދުގައި "އެމް.އެން.ޔޫ އިނޮވޭޓްހަބް ޕަވަރޑް ބައި ދިރާގު"

ތައާރަފު ކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި ދިރާގުން ސްޓްރެޓީޖިކް ޕަރޓްނަރޝިޕެއް

ގާއިމުކޮށްފިއެވެ.

ދިރާގުން ބުނެފައިވާގޮތުގައި މި ސްޓްރެޓީޖިކް ޕަރޓްނަރޝިޕް

ރަސްމީކޮށްފައިވަނީ ދިވެހި ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

މިއީ، ޒުވާނުން ކުރިއަށް ނެރެ، ޒުވާނުންގެ އުފެއްދުންތެރިކަމަށް ހިތްވަރުދިނުމަށް އެޅޭ

މުހިންމު ފިޔަވަޅެކެވެ.

ދިވެހި ޤައުމީ ޔުނިވަރސިޓީ އާއި ދިރާގުގެ ޕަރޓްނަރޝިޕްގެ

ދަށުން މި ހާއްޞަ ޔުނިވަރސިޓީ އިންކިއުބޭޓާރ ޕްރޮގްރާމް "އެމް.އެން.ޔޫ އިނޮވޭޓްހަބް

ޕަވަރޑް ބައި ދިރާގު" ގެ ނަމުގައި ވަނީ އިފްތިތާހުކޮށްފައެވެ. މި ޕަރޓްނަރޝިޕް

މެދުވެރިކޮށް ދިރާގުން މި ޕްރޮގްރާމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން

ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި މެންޓަރޝިޕް ދިނުމާއި، ޕިޗް އިވެންޓްތަކުގައި ޖަޖުންގެ

ގޮތުގައި ބައިވެރިވުމާއި، އިންކިއުބޭޝަންގެ މަރުހަލާތަކުގައި ބޭނުންކުރުމަށް ދިރާގު

ހައި ސްޕީޑް ފައިބަރ އިންޓަރނެޓް ފޯރުކޮށްދިނުން ހިމެނެއެވެ.

މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އީޖާދީ ހިޔާލުތައް

އަމަލީ ގޮތުން ބޭނުންކުރެވޭ ދެމެހެއްޓިނިވި ހައްލުތަކަކަށް ބަދަލުކުރުމަށް އެހީތެރިވެދިނުމަށް

ކަމަށާއި މީގެތެރޭގައި ހިޔާލު އުފެއްދުން، މެންޓަރޝިޕް، ހުނަރު ތަރައްގީކުރުމާއި، ވެލިޑޭޝަން

އަދި  ދަރިވަރުންގެ އީޖާދީ ހިޔާލު ތަރައްގީކޮށް

މާކެޓް ރެޑީ ސޮލިއުޝަން ތައްޔާރުކުރުން ހިމެނޭކަމަށާއި މި ޕްރޮގްރާމަކީ ސްޓްރެޓީޖިކް

ލަނޑުދަނޑިތަކާއި ޔުނައިޓެޑް ނޭޝަންސްގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި

އެއްގޮތުގެ މަތިން ޒިންމާދާރުކަމާއި ދެމެހެއްޓެނިވި ގޮތެއްގައި އީޖާދުކުރުމުގެ މަގުސަދުގައި

ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ދިރާގުން ބުނެއެވެ.

މި ޕާޓްނަރޝިފަކީ ދިރާގުން ޒުވާނުން ބާރުވެރިކުރުވުމަށާއި،

ޑިޖިޓަލް އީޖާދުތައް ކުރިއެރުވުމަށާއި، ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދޭ އަހަންމިއްޔަތު

ރަމްޒުކޮށްދޭ ކަމެކެވެ. ދިރާގުގެ އަމާޒަކީ މުސްތަގުބަލަށް ތައްޔާރުވެފައިވާ ހުނަރުވެރިން

ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގައުމީ ތަރައްގީއަށް އެހީތެރިވެދިނުމެވެ.

މި އިސްނެގުމުގެ ދަށުން ޒުވާން ވިޔަފާރިވެރިންނަށް ފުރުސަތުތައް

ފަހިކޮށްދީ، ގައުމުގެ އީޖާދީ މާހައުލު އިތުރަށް ހަރުދަނާކޮށް، އިގްތިސާދީ އަދި އިޖްތިމާއީ

ތަރައްގީއަށް މަގުތައް ފަހިވެގެންދާނެކަމަށް ދިރާގުން ގަބޫލުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް