އާ ޓާމިނަލުން ޚިދުމަތް ދޭންފެށި ޗައިނާގެ ފުރަތަމަ އެއާލައިނަކަށް ބެއިޖިންގް ކެޕިޓަލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލުން ޗައިނާގެ ބެއިޖިންގް ކެޕިޓަލް އެއާލައިނަށް ޚިދުމަތް ދޭން ފަށައިފިއެވެ. ބެއިޖިންގް ކެޕިޓަލަށް ޚިދުމަތް ދޭން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކ...

21 Sep 2025 | 15:24
ބެއިޖިންގ ކެޕިޓަލަށް ވޯޓަރ ސެލިއުޓް އަރުވަނީ - ފޮޓޯ: އެމްއޭސީއެލް

ބެއިޖިންގ ކެޕިޓަލަށް ވޯޓަރ ސެލިއުޓް އަރުވަނީ - ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލުން

ޗައިނާގެ ބެއިޖިންގް ކެޕިޓަލް އެއާލައިނަށް ޚިދުމަތް ދޭން ފަށައިފިއެވެ.

ބެއިޖިންގް ކެޕިޓަލަށް ޚިދުމަތް ދޭން ފެށުމަށް

މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ

އަދި އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

ބެއިޖިންގް ކެޕިޓަލަށް މަރްޙަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއޭސީއެލް

މިއަދުގެ އެ ރަސްމިއްޔާތުގައި އެ އެއާލައިންގެ

ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 248 ޕަސިންޖަރުންނަށް

އެއާޕޯޓުން ހަދިޔާ ދީފައިވެއެވެ. އަދި އެ އެއާލައިނުން އާ ޓާމިނަލުން ޚިދުމަތް

ހޯދި ފުރަތަމަ ފްލައިޓަށް ވޯޓަރ ސެލިއުޓެއްވެސް އަރުވާފައިވެއެވެ. އަދި ހަމަ

އެހެންމެ އެ ފްލައިޓުން މިއަދު ރާއްޖެ އައި 276 ފަސިންޖަރުންނަށް އެއާޕޯޓުން ހޫނު މަރްޙަބާއެއް

ކިޔާފައިވެއެވެ.

ބެއިޖިންގް ކެޕިޓަލް އެއާލައިނުން މިއަދު ރާއްޖެ އައި ބައެއް ފަތުރުވެރިން - ފޮޓޯ: އެމްއޭސީއެލް

ބެއިޖިންގް ކެޕިޓަލަކީ އާ ޓާމިނަލުން ޚިދުމަތް

ދޭންފެށި ފަސްވަނަ އެއާލައިނެވެ. އެ އެއާލައިނުގެ އިތުރުން އާ ޓާމިނަލުން މިހާރު

ޚިދުމަތް ދެމުންދަނީ މޯލްޑިވިއަން އާއި އެއާ އަރަބިއާ އާއި ބިއޯންޑާއި ފިޓްސް

އެއާއަށެވެ.

މި ހަފުތާގެ ތެރޭގައި އިތުރު ދެ އެއާލައިނަކަށް އާ

ޓާމިނަލުން ޚިދުމަތް ދޭން ފަށާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް