މުވައްޒަފުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް އެމްއޭސީއެލްއިން "ސްޓްރެޗިން ޕްރޮގްރާމް" އިފުތިތާހުކޮށް ހާއްސަ ފެއާއެއް ބާއްވައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން "ސްޓްރެޗިން ޕްރޮގްރާމް" ރަސްމީކޮށް އިފުތިތާހުކޮށް, "ސްޓްރެޗް އެންޑް ވެލްނެސް"ގެ ނަމުގައި ހާއްސަ ފެއާއެއް ބާއްވައިފިއެވެ. ހުޅުލޭގައި  ބޭއްވި މި ފެއާ...

30 Jan 2026 | 14:25
N/A

N/A

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން

"ސްޓްރެޗިން ޕްރޮގްރާމް" ރަސްމީކޮށް އިފުތިތާހުކޮށް, "ސްޓްރެޗް އެންޑް

ވެލްނެސް"ގެ ނަމުގައި ހާއްސަ ފެއާއެއް ބާއްވައިފިއެވެ.

ހުޅުލޭގައި  ބޭއްވި މި ފެއާގެ މަގުސަދަކީ މަސައްކަތުގެ މާހައުލުގައި

ހުންނަ ސިއްހީ ނުރައްކާތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި ދުޅަހެޔޮ ދިރިއުޅުމުގެ

އާދަތަކަށް ބާރުއެޅުމާއި މަސްތަކާއި ކަށިތަކަށް ލިބޭ އަނިޔާތައް ކުރިއާލާ ދެނެގަނެ,

އެކަމުން ރައްކާތެރިވުމުގެ މުހިންމުކަން ކިޔައިދިނުންކަމުގައި އެމްއޭސީއެލްއިން

ބުނެއެވެ.

މި ފެއާގެ ތެރެއިން އިފުތިތާހުކުރި "ސްޓްރެޗިން

ޕްރޮގްރާމް" އަކީ މަސައްކަތުގެ މާހައުލުގައި, ހާއްސަކޮށް އޮޕަރޭޝަނަލް ދާއިރާތަކުގައި,

ގަވާއިދުން ކަސްރަތުކުރުމާއި އަނިޔާއިން ރައްކާތެރިވުމުގެ އާދަތައް އަށަގެންނެވުމަށް

ފެށި މުހިންމު ޕްރޮގްރާމެއް ކަމަށާއި މި ފެއާ ކުރިއަށް ގެންދިޔައީ އޭޑީކޭ, ވެލްނެސް

ކްލަބް މެނޭޖްޑް ބައި ހީޓް, ރިވައިވް ފިޓްނަސް, ފިޒިއޯ ސޮލިއުޝަންސް, އޭއެމްޑީސީ, ލެގަސީ

ފިޓްނަސް, ޝީ, ތަސައްލީ މެޑިކަލް ކެއާ އަދި އެޗްޑީސީއާ ގުޅިގެން ކަމަށްވެސް

ބުނެފައިވެއެވެ.

އެ ފެއާގެ ތެރެއިން ކޮމްބެޓް ފިޓްނެސް ސެޝަންއަކާއި

ވޯކިން އެކްސަސައިޒް ދަސްކޮށްދޭ ސްޓޭޖް ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި ފެއާގައި ބައިވެރިވި ފަރާތްތަކުން ވަނީ ކަށިތަކާއި މަސްތަކުގެ ޓެސްޓުތައް ހިލޭ

ހެދުމުގެ ފުރުސަތާއި ހެލްތު ޕެކޭޖުތަކުންނާއި ފިޓްނަސް ޕްރޮގްރާމްތަކުން މުވައްޒަފުންނަށް

ޑިސްކައުންޓް ވެސް ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް