ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު 70 އިންސައްތަ ނިމިއްޖެ: އެމްއޭސީއެލް

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 78 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެ...

09 Feb 2026 | 07:09
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން /ފޮޓޯ: އެމްއޭސީއެލް

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން /ފޮޓޯ: އެމްއޭސީއެލް

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 78

ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް

ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.

ބިން ހިއްކުމުގެ މި މަޝްރޫޢު ކުރިއަށް ގެންދަނީ އެއަރޕޯޓް

ތަރައްޤީކުރުމާއި ބޯހިޔާވަހިކަމުގެ

ބޭނުމަށެވެ. އެމްއޭސީއެލްއާ ހަވާލު ކޮށްގެން ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފެށީ ޖަނަވަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ.

އެމްއޭސީއެލް އިން ވިދާޅުވީ

މި މަޝްރޫޢުގެ 70 އިންސައްތަ ނިމިފައިވާ ކަމަށެވެ.

ދިއްދޫ ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ

46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި

ޑްރެޖަރެކެވެ. ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށާއި ސަރަޙައްދުގެ

ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ.

ދިއްދޫގައި ތަރައްޤީކުރާ މި

އެއާޕޯޓާއެކު ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަވެ އަދި މުޅި އެ

ސަރަޙައްދަށް އިޤްތިޞާދީ ބޮޑެތި ކުރިއެރުންތައް ލިބޭނެކަމަށް

ސަރުކާރުން ގަބޫލުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް