ބާރު ސްޕީޑުގައި ދުއްވި ލަމްބަގިނީ ކާރެއް ސޯލާ ޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލަންބަގިނީ ކާރެއް ހުޅުމާލެއަށް އަރާ ސަރަހައްދުގައި ހުންނަ ސޯލާ ޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. ފުލުހުންނަށް މި އެކްސިޑެންޓުގެ ރިޕޯޓު ކުރ...

21 Aug 2026 | 06:24
ކާރު، ބްރިޖް ހައިވޭގެ ސޯލާ ޕެނަލްތަކުގައި ޖެހި އެކްސިޑެންޓުވެފައި. -- ފޮޓޯ: އެކްސިޑެންޓްސް އިން މޯލްޑިވްސް

ކާރު، ބްރިޖް ހައިވޭގެ ސޯލާ ޕެނަލްތަކުގައި ޖެހި އެކްސިޑެންޓުވެފައި. -- ފޮޓޯ: އެކްސިޑެންޓްސް އިން މޯލްޑިވްސް

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލަންބަގިނީ ކާރެއް ހުޅުމާލެއަށް އަރާ ސަރަހައްދުގައި ހުންނަ ސޯލާ ޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންނަށް މި އެކްސިޑެންޓުގެ ރިޕޯޓު ކުރީ މިއަދު ހެނދުނު 8:42 ގައި އެވެ. އެކްސިޑެންޓުވިއިރު ކާރުގައި ޑްރައިވަރާއި އެކު ކުޑަ ކުއްޖަކު އިނެވެ.

މި ހާދިސާގައި ދެމީހުންނަށް މާ ސީރިއަސް އަނިޔާއެއް ނުލިބެ އެވެ. ފުލުހުން ބުނީ އަނިޔާވި މީހުންނަށް ފަރުވާ ދެމުން ދަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކަމަށެވެ.

އެކްސިޑެންޓުވުމުން ކާރު ތެރެއިން ކުޑަ ކުއްޖަކާއި މީހަކު ނުކުމެގެން ހިނގާފައިދާތަން ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

ކާރު، ބްރިޖް ހައިވޭގެ ސޯލާ ޕެނަލްތަކުގައި ޖެހި އެކްސިޑެންޓުވެފައި. -- ފޮޓޯ: އެކްސިޑެންޓްސް އިން މޯލްޑިވްސް

އެކްސިޑެންޓުގައި ކާރު ފުށުން ޖެހިފައި އޮތް އިރު ކާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި އެވެ. އަދި ސޯލާ ޕެނަލްތައް ހަރުކުރަން ޖަހާފައިވާ ދަގަނޑުތައް ބަނޑިވެ، އެތަން ވެސް ވަނީ ވެއްޓިފަ އެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް