N/A
ލޯކަލް މާރުކޭޓުގައި ކަނޑޫދޫ
މިރުހުގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި، އާންމުންގެ ސަމާލުކަން ލާމު
މިރުހަށް ހުއްޓިއްޖެއެވެ.
މިއަދު ބާޒާރުގައި
ތަކެތީގެ އަގުތައް ހުރިގޮތަށް ބަލާއިރު، ކަނޑޫދޫ މިރުހަށްވުރެ ލާމު މިރުހުގެ އަގު
ވަނީ ބޮޑުތަނުން ހެޔޮވެފައެވެ.
ބާޒާރުމަތީގެ މިއަދުގެ އަގުތަކަށް ބަލާއިރު ކަނޑޫދޫ މިރުސް 100 ގުރާމް ވިއްކަމުންދަނީ 45 ރުފިޔާއަށެވެ.
އަދި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ހުރީ 480 ރުފިޔާގައެވެ. މިއީ އާންމުކޮށް
މިރުސް ލިބޭ އަގަށްވުރެ މަތީ އަދަދެއްކަން ފާހަގަކުރެއެވެ.
ކަނޑޫދޫ މިރުހުގެ
ބަދަލުގައި ބޭނުންކުރެވިދާނެ ލާމު މިރުހުގެ އަގުތައް ހުރީ މާ ބޮޑަށްވެސް ހެޔޮކޮށެވެ. އެގޮތުން ލާމު
މިރުސް 100 ގުރާމް 20 ރުފިޔާއަށް ލިބެން ހުރިއިރު، މިއީ ކަނޑޫދޫ މިރުހުގެ
ދެބައިކުޅަ އެއްބަޔަށްވުރެވެސް ހެޔޮ އަދަދެކެވެ.
ލާމު މިރުސް ކިލޯއެއްގެ އަގު ބާޒާރުގައި އުޅެނީ 300
ރުފިޔާއާއި 480 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މާރުކޭޓުގެ ބައެއް ގޮޅިތަކުން
މައުލޫމާތު ދޭގޮތުގައި، ކަނޑޫދޫ މިރުހުގެ އަގު ބޮޑުވުމާ ގުޅިގެން ގިނަ ބަޔަކު
މިހާރު އިސްކަންދެނީ އަގުހެޔޮކޮށް ލިބެން ހުރި ލާމު މިރުސް ގަތުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް