ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވަ ވަނީ ފެނިފައި --
މާލޭ ގެސްޓު ހައުސްއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަންނުގައި ހުންނަ ގެސްޓްހައުސެއްގައި ދިވެއްސަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:51 ހާއިރު ކަމަށެވެ.
މަރުވެފައި އޮއްވައި ފެނުނީ އޯސަނިކްވިލާ / ހއ. މޮޅަދޫ، އުމުރުން 45 އަހަރުގެ އިބްރާހީމް ނަޢީމެވެ.
ނަޢީމްގެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް